އެމްއެންޑީއެއފުން ބުނީ ލަންކާއަށް ނިސްބަތްވާ މި ބޯޓު އަތުލައިގަތީ ކ. ދިއްފުއްޓާ ދިމާ އިރުމަތިންނެވެ.
މި މަސްބޯޓު ފެނުނުއިރު އެ ބޯޓުގައި ޖުމުލަ ހަ މީހުން ތިބި ކަމަށާއި އެ ބޯޓު އަތުލައިގަތީ ގަވާއިދާ ހިލާފަށް ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގައި މަސްވެރިކަން ކުރަނިކޮށް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އެމްއެންޑީއެފުން ބުނީ، މައްސަލަ އިތުރަށް ތަހުގީގުކުރަން ބޯޓު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.