ads
ނާސިން ކިޔަވާ ދަރިވަރުންގެ ޓްރެއިނިންގެ ތެރެއިން
ލައިސެންސް ނެތި ވެސް ބައެއް ނަރުހުން މަސަތްކަތް ކުރޭ: ހެލްތް މިނިސްޓްރީ
ދައުލަތުގެ މުއައްސަސާތަކާއި އަމިއްލަ ފަރުދުންގެ މުއައްސަސާތަކުގައި ނަރުހެއް ނުވަތަ މިޑްވައިފެއްގެ ހައިސިއްޔަތުން ބައެއް މީހުން ލައިސެންސް ނެތި މަސައްކަތްކުރަމުންދާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.
Advertisement

ހެލްތް މިނިސްޓްރީން މިހެން ބުނެފައިވަނީ މި މަހުގެ 13 ވަނަ ދުވަހު ނެރުނު އިއުލާނެއްގަ އެވެ. 

ހެލްތް މިނިސްޓްރީ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، މޯލްޑިވްސް ނާސިންގް އެންޑް މިޑްވައިފްރީ ކައުންސިލްގެ ދަފުތަރުގައި ރަޖިސްޓަރީވެ ލައިސެންސް ނެތި މަސައްކަތްކުރައްވަމުން ގެންދަވާކަން އެ ކައުންސިލަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން ރާއްޖޭގައި މަސައްކަތްކުރާ ނަރުހުންނާއި މިޑްވައިފުން، މޯލްޑިވްސް ނާސިން އެންޑް މިޑްވައިފަރީ ކައުންސިލްގައި ރަޖިސްޓްރީވެ، ލައިސަންސް މުއްދަތު އިތުރުކުރުމަށް ހެލްތް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.

ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނުގެ ދަށުން، ދިވެހިރާއްޖޭގައި ނަރުހެއް ނުވަތަ މިޑްވައިފެއްގެ ގޮތުގައި މަސައްކަތްކުރެވޭނީ ކައުންސިލްގައި ރަޖިސްޓްރީކޮށް، ކައުންސިލުން ދޫކުރާ ލައިސަންސެއްގެ ދަށުންނެވެ. މި ގާނޫނުގެ 93 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުން، ލައިސަންސްގެ މުއްދަތު ހަމަވެފައިވާ ފަރާތްތަކުން އެ ލައިސަންސް އައުނުކޮށް މަސައްކަތްކުރުމަކީ މަނާކަމެކެވެ.

ނަރުހުންނާއި މިޑްވައިފުންގެ ތެރޭގައި އިދާރީ މަސައްކަތްކުރާ ފަރާތްތަކާއި، ތަމްރީނު ކުރުމުގައި އުޅޭ ފަރާތްތައްވެސް ހިމެނެ އެވެ. އޭގެ ތެރޭގައި ނާސިން ޑިރެކްޓަރުން، ނާސިން އެޑްމިނިސްޓްރޭޓަރުން، ނާސް އެޑިއުކޭޓަރުން އަދި ނާސިން ލެކްޗަރާ އިން ވެސް ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް