ads
އއ. ތޮއްޑޫ ކައުންސިލް އިދާރާ އާ ޢިމާރާތުގެ ބިންގާ މިއަދު އެޅުން.
އއ. ތޮއްޑޫ ކައުންސިލްގެ އާ އިމާރާތުގެ ބިންގާ އަޅައިފި
އއ. ތޮއްޑޫ ކައުންސިލް އިދާރާ އާ ޢިމާރާތުގެ ބިންގާ މިއަދު އަޅައިފި އެވެ.
Advertisement

ތޮއްޑޫ ކައުންސިލް އިދާރާގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު އަރިއަތޮޅު އުތުރުބުރީގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ތޮއްޑޫ ކައުންސިލް އިދާރާ އިމާރާތްކުރުމުގެ މަސައްކަތް ރަސްމީކޮށް ފެށުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވި އެވެ. 

ތޮއްޑޫގައި އަލަށް ޢިމާރާތްކުރުމުގެ މަސައްކަތް ފެށި ކައުންސިލް އިދާރާއަކީ ކޮންޓްރެކްޓަ ފައިނޭންސް އުޞޫލުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލްގެ ތެރޭގައި ހިމެނޭ ތަނެކެވެ. ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢަކީ 11 މަސްދުވަހުގެ ތެރޭ ނިންމުމަށް ހަވާލުކުރެވިފައިވާ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން އިމާރާތްތައް އަޅައި އެތަންތަނަށް ބޭނުންވާ ފަރުނީޗަރު ވެސް ފޯރުކޮށް ދޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް