ads
ސަލްޓަން ޕާކު
ސަލްޓަން އަލުން ތަރައްގީ ކުރުމުގެ މަސައްކަތް ފަށަން، ޕާކު ބަންދުކޮށްފި
ސަލްޓަން ޕާކު ތަރައްގީކުރުމުގެ މަސައްކަތް ފެށިފައިވާތީ ސަލްޓަން ޕާކު ބަންދުކުރެވިފައިވާ ކަމަށް މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗައިން ބުނެފި އެވެ.
Advertisement

މިނިސްޓްރީއިން މިހެން ބުނެފައި ވަނީ މިއަދު ނެރުނު އިއުލާނެއްގައެވެ.

ޕާކު އަލުން ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިފައިވާތީ، މިއަދުން ފެށިގެން ތިން މަސްދުވަހުގެ މުއްދަތަށް އެ ޕާކު ބަންދުކުރެވިފައިވާ ކަމަށް އެ މިނިސްޓްރީ އިން ބުނެ އެވެ.

ބިޔަ ގަސްތަކުން ފެހި ސަލްޓަން ޕާކު އަލުން ތަރައްގީ ކުރާނީ އެއް ގަހުން އަނެއް ގަހަށް ދެވޭ ގޮތަށް ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ވެސް ހިތްހަމަޖެހުން ލިބޭ ގޮތަށް ކަމަށް ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެ އެވެ. 

ސަލްޓަންޕާކު އަލުން ތަރައްގީ ކުރަނީ ދިވެހިންގެ އައިޑެންޓިޓީ އާއި ރާއްޖޭގެ ތާރީހު ދައްކުވައިދޭ ގޮތަށް ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވެ އެވެ. އަދި ޕާކުގެ މަސައްކަތް ނިމޭއިރު އެ ތަނުގައި ގިނަ ކުޅިވަރުތަކެއް ކުޅެވޭނެ ގޮތް ހަމަޖައްސާނެ ކަމަށް ވިދާޅުވި އެވެ.


                   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް