ފުލުހުން ބުނީ ސޯސަން މަގުގައި މީހަކަށް ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމުގެ މައުލޫމާތު މިރޭ 23:11 ހާއިރު ލިބިފައިވާ ކަމަށެވެ.
އަނިޔާ ލިބިފައިވާ މީހާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެ އެވެ. މި ހަމަލާގައި އަނިޔާވެފައިވަނީ ދިވެހި ފިރިހެނަކަށް ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
ފުލުހުން ދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ.