ހުޅުމާލެ 1 ގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރައްވަން ރެހެންދި ސްކޫލްގައި މިހާރު ކުރިއަށް ގެންދާ ޖަލްސާގައި ރައިސް ވިދާޅުވީ، މަސާޖު ޕާލާތަކަށް އަމާޒުކޮށް ހިންގަމުންދާ އޮޕަރޭޝަނުގެ ތެރެއިން މިހާތަނަށް 83 ތަނެއް ބަންދުކޮށްފައިވާ ކަމަށާއި މިއީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ގިނައިން އެފަދަ ތަންތަން ބަންދުކުރި ފަހަރު ކަމަށެވެ.
ރައީސް ވިދާޅުވީ މި މަސާޖު ޕާލާތަކުން ބިދޭސީން ވެސް ހައްޔަރުކޮށް، ޑީޕޯޓުކުރުމުގެ ކަންކަން ވެސް ކުރިއަށްދާ ކަމަށެވެ. އަދި މަސައްކަތްތައް ކުރަނީ ރާއްޖެއަކީ ހުރިހާ މާނައެއްގައި ވެސް "ސާފު" ތަނަކަށް ހެދުމަށް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
މަސާޖުޕާލާތަކުގެ ނަމުގައި މާލޭގައި ހިންގާ ވަރަށް ގިނަ ތަންތަނުގައި ހަށިވިއްކާ ކަމަށް އަބަދުވެސް ތުހުމަތު އޮވެ އެވެ. އަދި ބިދޭސީން ސޯޝަލް މީޑިއާގައި ފާޅުގައި އެފަދަ ކަންކަން އިޝްތިހާރު ވެސް ކުރެ އެވެ.