ads
އއ. މާޅޮހުގައި މަރައިލި އެ ރަށު އޯކިޑުމާގެ، އަބްދުއްރަހްމާން އާދަމް: އަބްދުއްރަހްމާންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން އިންޑިއާއަށް ފޮނުވައިފަ
މާޅޮހުގެ މަރާ ގުޅިގެން ތިން މީހުން ހައްޔަރުކޮށްފި
އއ. މާޅޮހުގައި ގޭގައި ނިދާފައި އޮއްވައި ބޮލަށް ހަމަލާދިނުމުގެ މަރުވި އަބްދުއްރަހުމާން އާދަމްގެ މަރުގެ މައްސަލާގައި ތިން މީހަކު ހައްޔަރުކޮށްފި ކަމުގެ ރިޕޯޓްތައް ލިބެން ފަށައިފިއެވެ.
Advertisement

މި މައްސަލައާ ގުޅިގެން ތިން މީހަކު ހައްޔަރު ކުރިކަމުގެ ރިޕޯޓްތައް ލިބުނު ނަމަވެސް އޭގެ ތަފްސީލެއް އަދި ރަސްމީ ސަފައެއްގައި ލިބިފައި ނުވެއެވެ. 

އއ. މާޅޮހުގައި ގޭގައި ނިދާފައި އޮއްވައި ބޮލަށް ހަމަލާދިނުމު މަރުވި އަބްދުއްރަހުމާން އާދަމްގެ މަރުގެ މައްސަލާގައި ތިން މީހަކު ހައްޔަރު ކުރި ކަމުގެ ރިޕޯޓްތައް ލިބެމުންދާއިރު، އެރަށުގެ ތިން މީހެއް ބައެއް ސަމާނު ކުރިންވަނީ ހިފަހައްޓާފައެވެ. 

އެ ތިން މީހުންނަކީ ސިޔާސީ މަގާމެއްގައިހުރި މީހަކާއި ސަރުކާރު ކުންފުންޏެއްގައި މަސައްކަތް ކުރާ ދެ މީހުންކަން ވަނީ އެނގިފަ އެވެ. އެނގިފައިވާ ގޮތުން އެ މީހުންގެ ފޯނާއި އަންނަނައުނު ފުލުހުންގެ ބެލުމުގެ ދަށަށް މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ވަނީ ގެންގޮސްފަ އެވެ. 

އަބްދުއްރަހްމާން ހަމަލާދީ މަރާލީ އއ. މާޅޮސް، މާހިޔާ ގޭގައި އޭނާ ނިދާފައި އޮއްވަ އެވެ. އެ ގެއަކީ އޭނާގެ ހުވަފަތް އަންހެނުން، ނާޒިމާގެ ގެ އެވެ. އަބްދުއްރަހްމާންގެ ގާތިލު އޭނާއަށް ހަމަލާދިން ވަގުތު އެ ގޭގައި ދިރިއުޅެމުން ދިޔައީ އަބްދުއްރަހްމާންގެ ދެމަފިރިން އެކަންޏެވެ.

އަބްދުއްރަހްމާން މަރައިލީ ސީދާ ކޮން ސަބަބަކާ ހެދި، ކޮންބައެއް ކަމެއް އަދި ނޭނގެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް