ads
މާޅޮހުގައި ފުލުހުންގެ އޮޕަރޭޝަންގެ ތެރޭގައި - ފޮޓޯ މިހާރު
މާޅޮހު މަރާ ގުޅިގެން ހައްޔަރު ކުރި މީހުންގެ ތެރޭގައި ސިޔާސީ މީހެއް!
އއ. މާޅޮހުގައި ގޭގައި ނިދާފައި އޮއްވައި ބޮލަށް ހަމަލާދިނުމުގެ މަރުވި އަބްދުއްރަހުމާން އާދަމްގެ މަރުގެ މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި މި ސަރުކާރުގެ ސިޔާސީ މަގާމެއްގައި ހުރި މީހަކު ހިމެނޭ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
Advertisement

މާޅޮހު އަނިޔާވެރި މަރާ ގުޅިގެން، ތިން މީހުން ހައްޔަރުކޮށްފައިވާކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ. އެހެންނަމަވެސް، އެއީ ކޮންބައެއްކަން ފުލުހުން އަދި ހާމަ ނުކުރެއެވެ. އެކަމަކު އެ ތިން މީހުންގެ ވަނަވަރު ސޯޝަލް މީޑިއާގައި މިހާރުވަނީ އާއްމުވެފައެވެ. ތިން މީހުންގެ ވަނަވަރު ހާމަވެފައިވާއިރު، އޭގެ ތެރޭގައި ޔޫތު މިނިސްޓްރީގެ ސިޔާސީ މަގާމެއްގައި ހުރި މީހަކު ހިމެނޭކަމަށްވަނީ މައުލޫމާތު ލިބިފައެވެ. އެކަމަކު އޭގެ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.

މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، ސިޔާސީ މަގާމެއްގައި ހުރި މީހެއްގެ އިތުރުން ދެން ހިމެނޭ ދެ މީހުންގެ ތެރެއިން އެކަކީ ސަރުކާރުގެ ބޮޑު ކުންފުންޏެއްގައި މަސައްކަތް ކުރާ މީހެކެވެ. އަނެއް މީހާއަކީ އަމިއްލަ މަސައްކަތް ކުރާ މީހެކެވެ. މައުލޫމަތު ލިބިފައިވާ ގޮތުގައި އެ ތިން މީހުންނަކީ 28 އަހަރުގެ ދެ މީހުންގެ އިތުރުން 23 އަހަރުގެ މީހެކެވެ.

އއ. މާޅޮހުގައި ގޭގައި ނިދާފައި އޮއްވައި ބޮލަށް ހަމަލާދިނުމު މަރުވި އަބްދުއްރަހުމާން އާދަމްގެ މަރުގެ މައްސަލާގައި ތިން މީހަކު ހައްޔަރު ކުރި ކަމުގެ ރިޕޯޓްތައް ލިބެމުންދާއިރު، ރިޕޯޓްތައް ބުނާ ގޮތުން އޭގެ ތެރެއިން ދެ މީހުން ހައްޔަރު ކުރީ އެ ރަށުންނެވެ. އަނެއް މީހާ ހައްޔަރު ކުރީ މާލޭންނެވެ. ތިން މީހުންނަކީވެސް މާޅޮހު މީހުންނެވެ.

އެ މައްސަލައާ ގުޅިގެން ތިން މީހުން ހައްޔަރު ކުރިކަމުގެ ރިޕޯޓްތައް ލިބެމުންދާއިރު، މީގެ ކުރިން ތިން މީހެއްގެ ފޯނާއި ބައެއް ސާމާނު ފުލުހުން ހިފެހެއްޓީއެވެ. ފޯނުތައް ހިފަހައްޓާފައިވަނީ ހައްޔަރު ކުރި ތިން މީހުންގެ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.

އަބްދުއްރަހްމާން ހަމަލާދީ މަރާލީ އއ. މާޅޮސް، މާހިޔާ ގޭގައި އޭނާ ނިދާފައި އޮއްވަ އެވެ. އެ ގެއަކީ އޭނާގެ ހުވަފަތް އަންހެނުން، ނާޒިމާގެ ގެ އެވެ. އަބްދުއްރަހްމާންގެ ގާތިލު އޭނާއަށް ހަމަލާދިން ވަގުތު އެ ގޭގައި ދިރިއުޅެމުން ދިޔައީ އަބްދުއްރަހްމާންގެ ދެމަފިރިން އެކަންޏެވެ. އަބްދުއްރަހްމާން މަރައިލީ ސީދާ ކޮން ސަބަބަކާ ހެދި، ކޮންބައެއް ކަމެއް އަދި ނޭނގެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް