ads
އުކުޅަހު ޑޮލަރު އޭޓީއެމްގެ ހިދުމަތް ފައްޓަވާ ދެއްވުމުގެ ގޮތުން އެ އޭޓީއެމް ރައީސް މުއިއްޒު ޑޮލަރު ނަންގަވަނީ
އުކުޅަހުގައިވެސް ޑޮލަރު އޭޓީއެމްއަކާއި ބޭންކުގެ ބްރާންޗެއް
ގައުމީ ބޭންކް ބޭންކް އޮފް މޯލްޑިވްސްގެ ޑޮލަރު އޭޓީއެމްއެއް އުކުޅަހުގައި ބަހައްޓާ ހިދުމަތް ދޭން ފަށައިފިއެވެ.
Advertisement

އުކުޅަހުގައި މި ހިދުމަތް ރަސްމީކޮށް ފައްޓަަވާދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އއ އަތޮޅުގެ ރަށްތަކަށް ކުރައްވަމުން އަންނަ ޒިޔާރަތުގެ ތެރެއިން އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. 

އުކުޅަހުގައި ޑޮލަރު އޭޓީއެމް ބެހެއްޓުމުގެ އިތުރުން ބޭންކް އޮފް މޯލްޑިވްސްގެ އުކުޅަހު ބްރާންޗްވެސް މިއަދު ހުޅުވާފައެވެ. މި ބްރާންޗު ރަސްމީކޮށް ހުޅުވާދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ. މިކަމަށް ބޭއްވި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފާއި ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބާއި އުކުޅަހު ކައުންސިލްގެ ރައީސް ބައިވެރިވަޑައިގަތެވެ. 

ބީއެމްއެލް އިން "މުޅި ރާއްޖެ އަށް ބިއެމްއެލް އޭޓީއެމް" ގެ ދަށުން މިހާރު ވަނީ އއ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓާ ހިދުމަތް ދޭން ފަށާފައެވެ. އއ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ފެށުމުން މީހުން ދިރިއުޅޭ އަށް އަތޮޅެއްގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ލިބޭނެއެވެ. 

your imageެަރައީސް މުއިއްޒު އއ. އުކުޅަހުގައި 

އުކުޅަހަށް ރައީސް މުއިއްޒު ކުރެއްވި ދަތުރުފުޅުގެގައި އެރަށު ދޯނި އެހެލާ ސަރަޙައްދު ތަރައްގީކުރުމުގެ އެއްބަސްވުމާއި، އުކުޅަހު ސްކޫލުގައި އޮފީސް އިމާރާތެއް ގާއިމްކުރުމުގެ އެއްބަސްވުމާއި އުކުޅަހު ސްޕޯޓްސް ކޮމްޕްލެކްސް އެޅުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. 

މީގެ އިތުރުން އެރަށުން 250 ގޯތި ދޫކުރުމުގެ ހުއްދަ، އަންނަ ހަފުތާ ތެރޭގައި ރަށު ކައުންސިލާ ހަވާލުކުރައްވާނެ ކަމުގައި ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި 50 ހައުސިންގް ޔުނިޓް އެޅުމުގެ މަސައްކަތް، މި އަހަރު ތެރޭގައި ބަޔަކާ ހަވާލުކުރައްވާނެކަމުގައިވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް