ads
އަބްދުއްރަހުމާންގެ މަރުގެ ތުހުމަތުގައި ހައްޔަރުކުރި ޒުވާނުން. ފޮޓޯ: އެމްވީ ކްރައިސިސް
އަބްދުއްރަހްމާންގެ މަރު، ހައްޔަރުކުރި މީހުން، ފެނި ރަށު މީހުންނަށް ބޮޑު ސިހުމެއް
އއ. މާޅޮހުގައި މަރާލި އަބްދުއްރަހުމާން އާދަމްގެ މަރުގައި ހައްޔަރުކުރި މީހުންގެ ސަބަބުން ރަށު މީހުންނަށް ސިހުމެއް ލިބިފައިވާކަމަށް އެ ރަށުން މީހުން ބުނެފިއެވެ.
Advertisement

ގޭގައި ނިދާފައި އޮއްވައި ބޮލަށް ހަމަލާދިނުމުގެ މަރުވި އަބްދުއްރަހުމާން އާދަމްގެ މަރުގެ މައްސަލާގައި  ތިން މީހަކު ހައްޔރުކޮށްފައިވާކަމަށް ފުލުހުން މިއަދު ވަނީ ބުނެފައެވެ. އެހެންނަމަވެސް އެ މީހުން ތަފްސީލެއް ފުލުހުން އަދި އާއްމެއް ނުކުރެއެވެ. 

އެހެންނަމަވެސް އެރަށުން ވާހަކަ ދެއްކި މީހުން ބުނީ ހައްޔަރުކޮށްފައިވަނީ އެރަށް ނިސްބަތްވާ ތިން ޒުވާނުންކަމަށެވެ. އޭގެތެރެއިން އެކަކު ހައްޔަރުކުރީ މާލޭގައި ހުއްޓާކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

އަބްދުއްރަހުމާން އާދަމްގެ މަރުގެ ތުހުމަތުގައި ހައްޔަރުކުރި ޒުވާނުން 

  • ލިލީފެހި، އއ. މާޅޮސް/ އުމުރުން 23 އަހަރުގެ މުހައްމަދު ވިސާމް، 
  • ފިނިވާގެ، އއ. މާޅޮސް  / އުމުރުން 28 އަހަރުގެ އަހުމަދު ފާރިސް
  • ފިޔަ، އއ. މާޅޮސް /  އުމުރުން 28 އަހަރުގެ އަހުމަދު އާޝިދު 

މާޅޮހުން ވާހަކަ ދެއްކި މީހުން ބުނީ އަބްދުއްރަހްމާން މަރުވި ދުވަހު މި ތިން ޒުވާނުންވެސް ރަށުގައި އުޅުނުކަމަށާއި އެކަމާއި ގުޅިގެން ރައްޔިތުން ކުރި ހުރިހާކަމެއްގައިވެސް ބައިވެރިވިކަމަށެވެ. އަދި މި ޒުވާނުންނަށް އެ ފަދަ ތުހުމަތެއްވެސް ނުކުރެވޭކަމަށް ރަށު މީހުން ބުނެއެވެ. އަދި މި ޒުވާނުންނަކީ ރަށުގެ އެންމެނާއިވެސް ގުޅޭ ކުށުގެ ވެށީގައި އުޅޭ ބައެއް ނޫންކަމަށްވެސް ރަށުން ވާހަކަ ދެއްކި މީހުން ބުނެއެވެ. 

އަބްދުއްރަހްމާންގެ މަރުގެ ތުހުމަތުގައި ހައްޔަރުކުރި ޒުވާނުންގެ ތެރެއިން މުހައްމަދު ވިސާމްއަކީ ސިޔާސީ މަގާމެއްކަމަށްވާ ޔޫތު އެސޯސިއޭޓްގެ މަގާމުގައި ހުރި ޒުވާނެކެވެ. އަނެއް ދެ ޒުވާނުންނަކީ ސަރުކާރުގެ ދެ ކުންފުންޏެއްގައި މަސައްކަތް ކުރަމުން އަންނަ ދެ ޒުވާނުންނެވެ. 

އަބްދުއްރަހްމާން ހަމަލާދީ މަރާލީ އއ. މާޅޮސް، މާހިޔާ ގޭގައި އޭނާ ނިދާފައި އޮއްވައެވެ. އެ ގެއަކީ އޭނާގެ ހުވަފަތް އަންހެނުން، ނާޒިމާގެ ގެ އެވެ. އަބްދުއްރަހްމާންގެ ގާތިލު އޭނާއަށް ހަމަލާދިން ވަގުތު އެ ގޭގައި ދިރިއުޅެމުން ދިޔައީ އަބްދުއްރަހްމާންގެ ދެމަފިރިން އެކަންޏެވެ. އަބްދުއްރަހްމާން މަރައިލީ ސީދާ ކޮން ސަބަބަކާ ހެދި، ކޮންބައެއް ކަމެއް އަދި ނޭނގެ އެވެ.

33%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް