ads
އެމެރިކާގެ ނަން މަޝްޙޫރު ފަޑިޔާރު ފްރޭންކް ކެޕްރިއޯ
ގިނަ ބައެއްގެ ލޯތްބާއި އިހްތިރާމް ހޯދި ފަނޑިޔާރު ފްރޭންކް މަރުވެއްޖެ
އެމެރިކާގެ ޕްރޮވިޑެންސް، ރޯޑް އައިލެންޑްގެ އެންމެ މަޝްހޫރު އަދި އެތައް ބައެއްގެ ލޯބި ހޯދާފައިވާ ފަނޑިޔާރު، ފްރޭންކް ކެޕްރިއޯ، ޕެންކްރިއަޓިކް މަރުވެއްޖެއެވެ.
Advertisement

ފަނޑިޔާރު، ފްރޭންކް މަރުވީ ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށެވެ. މަރުވީ އުމުރުން 88 އަހަރުގައެވެ.

ކެޕްރިއޯ މަޝްހޫރުވެފައިވަނީ "ކޯޓް އިން ޕްރޮވިޑެންސް" ނަމަކަށް ކިޔާ ޓީވީ ޝޯއަކުންނެވެ. އޭނާ ކޯޓަށް ގެނެވޭ މީހުންނަށް ބޮޑެތިއަދަބުތައް ދިނުމުގެ ބަދަލުގައި އޭނާގެ އަދަބުތައް ތަފާތުވުމުން އެތައް ބައެއްގެ ލޯބި ވަނީ އޭނާއަށް ލިބިފައެވެ. އެގޮތުން މައްސަލަތައް ނިންމުމުގައި އޭނާ  އަބަދުވެސް ކުށްވެރިޔާގެ ވާހަކަތައް އަޑުއަހާ އެނާހެ ހާލަތަށް ބަލާ ކެތްތެރި، މަޑުމައިތިރިކަމާއި އެކު ނިންމުންތައް ނިންމައެވެ. 

އޭނާގެ ކޯޓުގެ މަޖިލިސް ގިނަ ފަހަރު ފެންނަނީ މައްސަލައެއް ބަލާ މީހަކަށް އަދަބު ދިނުމަށްވުރެ ބޮޑަށް، ދެމީހެއްގެ މެދުގައި ހިނގާ ސުވާލު ޖަވާބެއްގެ ގޮތުގައެވެ. އޭނާ ނިންމުމެއް ނިންމުމުގެ ކުރިން ކޮންމެ މީހެއްގެ ވާހަކަވެސް ވަރަށް ފަރުވާތެރިކަމާއެކު އަޑުއަހައެވެ.

ގިނަ ފަހަރަށް ޕާކިން ޓިކެޓްފަދަ ކުދިކުދި ކުށުގެ މައްސަލަތަކުގައި މީހުންނަށް އެހީތެރިވެ ޒުވާނަކަށްވިޔަސް، ދޮށީ މީހަކަށްވިޔަސް، މުއްސަންޖަކަށްވިޔަސް ނުވަތަ ފަގީރަކަށްވިޔަސް، ހަމަ އެއްވަރަކަށް އިހުތިރާމު ކުރިއެވެ. އޭނާގެ އިންސާފުވެރިކަމާއި އޭނާގެ މިޒާޖުގެ ސަބަބުން އެހެން ފަނޑިޔާރުންނާއި ތަފާތު ވުމުން އޮންލައިންކޮށް އޭނާއަށް ދުނިޔޭގެ ބޮޑު މަގުބޫލުކަމެއް ލިބުނެވެ.

ކެޕްރިއޯ އޭނާ މަރުވުމުގެ ދުވަސްކޮޅެއް ކުރިން އޭނާ ވަނީ ކެންސަރަށް ފަރުވާ ހޯދާކަން އިއުލާންކޮށް، އޭނާއަށްޓަކައި ހެޔޮ ދުއާކުރުމަށް އެދި ވީޑިއޯއެއް އޭނާގެ ފޭނުންނަށް ހިއްސާކޮށްފައިވާ ކަމަށް ރިޕޯޓް ތަކުން ބުނެއެވެ. އެ މެސެޖް ވަރަށް އަވަހަށް ވައިރަލްވެ، އެތައް ބަޔެއްގެ ލޯތްބާއި އެހީތެރިކަން ލިބުންކަމަށް ވެސް ރިޕޯޓް ތަކުން ބުނެއެވެ.

ކެޕްރިއޯގެ ދިރިއުޅުން ވަނީ ހިދުމަތާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމަށް ވެސް ރިޕޯޓްތަކުން ބުނެއެވެ. އޭނާއަކީ އިޓަލީގެ ފަގީރު އާއިލާއަކަށް ނިސްބަތްވި މީހެކެވެ. ކުޑައިރު ދަތިހާލުގައި އުޅުނު ނަމަވެސް ކިޔަވާ ނިންމާ ޓީޗަރެއްގެ ގޮތުގައި އަދި ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ފަހު ޕްރޮވިޑެންސް މުނިސިޕަލް ކޯޓުގެ ޗީފް ޖަޖަކަށްވެ ކުދިންނަށް އެހީވުމަށްޓަކައި ސްކޮލަޝިޕް ފަންޑެއް ހިންގާކަމަށްވެސް ރިޕޯޓްތަކުން ބުނެއެވެ.  

                   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް