ޝަމީ ކުރިން އާރްޑީސީގެ ޗެއާމަންކަން ކުރީ މިދިޔަ އަހަރުގެ ޖެނުއަރީން މި އަހަރުގެ އެޕްރީލަށެވެ. ޝަމީ އަކީ ފުޅާ ދާއިރާއެއްގައި އަމިއްލަ ވިޔަފާރި ކުރައްވާ ބޭފުޅެކެވެ. އެގޮތުން އޭނައަކީ ސްޓެލިއަން މޯލްޑިވްސް ގްރޫޕުގެ ޗެއާމަނެވެ.
އާރުޑީސީން ވަނީ އެ ކުންފުނީގެ ޗެއާމަންގެ މަގާމަށް އައްޔަންކުރި ޝަމީއަށް މަރުހަބާ ކިޔާ ސޯޝަލް މީޑިއާގައި މިއަދު ޕޯސްޓެއް ވެސް ކޮށްފަ އެވެ.
އާރްޑީސީގެ ޗެއާމަނަކަށް ޝަމީ އަލުން އައްޔަންކުރި އިރު، އެ ކުންފުނީގެ ބޯޑަށް ދާދި ފަހުން ބަދަލުތަކެއް ގެނެސްފައިވެ އެވެ.
ކުރިން މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަލީ ޒުހައިރު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އެމްޑީއަކަށް އާރްޑީގެ ޑީއެމްޑީ އަލީ ނަސީރު އެޗްޑީސީގެ ޑީއެމްޑީއަކަށް ބަދަލުކޮށްފައިވެ އެވެ.