ads
ރޮނާލްޑީނިއޯ ޕެރަގުއޭ ފުލުހުންގެ ބެލުމުގެ ދަށުގައި
ޖަލަށްލީ ފަހުން ރޮނާލްޑީނިއޯގެ ފުރަތަމަ އިންޓަރވިޔު
ޖަލަށްލުމަކީ ދުވަހަކުވެސް އުއްމީދުކުރި ކަމެއް ނޫން ކަމަށާއި، އެ ފަދަ އަދަބެއް ލިބިދާނެ ކުށެއް ނުކުރާ ކަމަށް ބްރެޒިލްގެ ކުރީގެ ތަރި ރޮނާލްޑީނިއޯ ބުނެފިއެވެ. ޖަލު ބަންދުގައި ހުރުމަށް ފަހު ކަފާލާތުގެ ދަށުން ގޭ ބަންދަށް ބަދަލުކޮށްފައިވާ ރޮނާލްޑީނިއޯ މިހެން ބުނީ ޕެރަގުއޭގެ އޭބީސީ ނިވްސްއަށް ދިން އިންޓަރވިޔުއެއްގައެވެ. މިއީ ވަގު ޕާސްޕޯޓެއްގައި ޕެރެގުއޭއަށް އެތެރެވި މައްސަލައިގައި، އެ ގައުމުގެ ޖަލެއްގައި ހައްޔަރުކުރި ފަހުން މީޑިއާއާ ރޮނާލްޑީނިއޯ ވާހަކަ ދެއްކި ފުރަތަމަ ފަހަރެވެ.
Advertisement

ރޮނާލްޑީނިއޯއާ ޕެރަގުއޭގައި ހައްޔަރުކުރީ ވަގު ޕާސްޕޯޓެއްގައި އެ ގައުމަށް އެތެރެވި ކަމުގެ ތުހުމަތުގައެވެ. އޭބީސީ ނިވްސްއާ ވާހަކަ ދައްކަމުން ރޮނާލްޑީނިއޯ ބުނީ، މިއީ އޭނާ ދުވަހަކުވެސް އުއްމީދުކުރި ކަމެއް ނޫން ކަމަށެވެ.

މިއީ އަހަރެން ދުވަހަކުވެސް އުއްމީދު ކުރި ދުވަހެއް ނޫން. އަދި އަހަރެން މި ގޮތަށް ބަންދުވެފައި ހުންނަން ޖެހޭ ފަދަ ކުށެއް ނުވެސް ކުރަން. އަހަރެންގެ ޕާސްޕޯޓަކީ ސައްހަ ނޫން ޕާސްޕޯޓެއް ކަމަށް ބުނުމުން އަހަރެންނަށްވެސް ލިބުނީ ކުއްލި ސިހުމެއް. އަހަރެން ޕެރަގުއޭއަށް އައީ މި ގައުމުން އަހަރެންނަށް ލިބުނު ދައުވަތެއްގައި.

ވަގު ޕާސްޕޯޓެއްގައި ޕެރެގުއޭއަށް އެތެރެވި މައްސަލައިގައި ރޮނާލްޑީނިއޯ އާއި އޭނާގެ ބޭބެ ރޮބާޓޯ ޑި އަސިސް ހައްޔަރުކުރީ މާރިޗު މަހުގެ ކުރީކޮޅު އެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ވަގު ޕާސްޕޯޓެއްގައި ޕެރެގުއޭއަށް އެތެރިވި ރޮނާލްޑީނިއޯގެ ސައްހަ ޕާސްޕޯޓް އޮންނަނީ ބްރެޒިލްގެ އިމިގްރޭޝަނުން ދެހާސް އަށާރަ ވަނަ އަހަރުން ފެށިގެން ބްލޮކްކޮށްފަ އެވެ. އެއީ އޭނާއާއި ގުޅޭ ގޮތުން ބެލި މައްސަލައެއްގައި ދައްކަން ޖެހުނު ޖޫރިމަނާއެއް ނުދައްކާ އޮތުމުގެ ސަބަބުންނެވެ.

your imageރޮނާލްޑީނިއޯ 

ޕެރަގުއޭގެ ޖަލުގައި ހުރި މުއްދަތުގެ ތެރޭގައި ރޮނާލްޑީނީއޯވަނީ ޖަލުގައި އޮތް ގައިދީންގެ ފުޓްބޯޅަ މުބާރާތެއްގައި ކުޅެ، މުބާރާތުގެ ޗެމްޕިއަންކަން އޭނާގެ ޓީމަށް ހޯދައިދީފަ އެވެ. ކަފާލާތުގެ ދަށުން ރޮނާލްޑީނިއޯ ގޭ ބަންދަށް ބަދަލުކޮށްފައިވާއިރު، އޭނާގެ ގޭ ބަންދުގެ މުއްދަތުގައި ހުންނާނީ ޕެރަގުއޭގެ ހޮޓަލެއްގަ އެވެ. ވަގު ޕާސްޕޯޓުގެ މައްސަލައިގައި އޭނާއަށް ހަ މަސް ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ބެލެވެ އެވެ.

މިހާރު ކުޅުން ހުއްޓާލާފައިވާ ރޮނާލްޑީނިއޯ އަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައިވާ ކުޅުންތެރިއެކެވެ. އޭނާވަނީ ދެހާސް ދެވަނަ އަހަރު ފީފާ ވޯލްޑްކަޕް ބްރިޒިލުން ކާމިޔާބު ކުރިއިރު މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. ރޮނާލްޑީނިއޯވަނީ ބާސެލޯނާއާއި އެކުއެ ކްލަބާ އެކު ސްޕެނިޝް ލީގު ތިން ފަހަރު އަދި ޗެމްޕިއަންސް ލީގުވެސް ހޯދާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް