މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވީ، ޖަޕާންގައި މާސްޓާސް ޕްރޮގްރާމެއް ފުރިހަމަކޮށް ރާއްޖެ އައުމަށް ތައްޔާރުވެގެން ހުރި ފޮރިން މިނިސްޓްރީގެ ޒުވާން މުވައްޒަފެއް ކަމަށްވާ ބ. ތުޅާދޫ، ކާނިމާގެ، ލުޖައިނާ ތަސްނީމާ އެވެ.
ތަސްނީމާއަކީ އުމުރުން އެންމެ 29 އަހަރުގެ ޒުވާނެވެ. އޭނާގެ މަރަކީ ގުދުރަތީ މަރެއް ކަމަށް މިހާތަނަށްވަނީ ކަށަވަރު ކުރެވިފައެވެ.
ތަސްނީމާ ނިޔާވުމާ ގުޅިގެން، ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުވަނީ ތައުޒިޔާ ވިދާޅުވެފަ އެވެ.
ތަސްނީމާ ޖަޕާނުގައި ހުރީ ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކިޔަވާށެވެ. އޭނާ ޖަޕާނަށް ދިޔައީ 2023 ވަނަ އަހަރުގެ އޮގަސްޓް މަހުއެވެ. ޖަޕާނުގައި ތަސްނީމާވަނީ މާސްޓާސް ފުރިހަމަކޮށްފަ އެވެ. ނިޔާވިއިރު، އޭނާ މަޑުކޮށްގެން ހުރީ މާސްޓާސް ކޯހުގެ ގްރެޖުއޭޝަނަށް ކަމަށްވަނީ މައުލޫމާތު ލިބިފަ އެވެ.