ads
މުދަލު ޒަކާތުގެ ނިސާބު 11،000 ރުފިޔާއިން މައްޗަށް
މުދަލު ޒަކާތް ނެރުން ވާޖިބާ ނިސާބު އިތުރުވެއްޖެއެވެ.
Advertisement

ރާއްޖޭގައި ޒަކާތުގެ ނިޞާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. ރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ދިވެހި ފައިސާގެ މިންވަރު ވެސް ބަދަލުވެއެވެ. 

މޯލްޑިވްސް ޒަކާތު ހައުސް އިން ބުނީ މުދަލު ޒަކާތުގެ ނިސާބު ކަނޑައެޅުމުގައި އެ އިދާރާއިން އަމަލުކުރަމުން އަންނަ އުސޫލުގެ ދަށުން، އިއްޔެއިން ފެށިގެން ރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަކީ 11,191.95 ރުފިޔާކަމަށެވެ. 

މި އަހަރު މުދަލު ޒަކާތުގެ ނިސާބު އެންމެ ފަހުން  ކަނޑައެޅީ މިދިޔަ އޭޕްރިލް މަހުއެވެ. އޭރު ނިސާބުގެ ގޮތުގައި ކަނޑައެޅީ ނޑައެޅިއިރު ހުރީ 9,264.15 ރުފިޔާއެވެ. 

އެމީހެއްގެ މިލްކިއްޔާތުގައި ނިސާބު ހަމަވާ މިންވަރަށް ފައިސާ ހުރެ، އެ ފައިސާ ހުންނަތާ ހިޖުރީ ގޮތުން އެއް އަހަރު ވުމުން ޝަރުއީ ހަމަތަކާ އެއްގޮތަށް ޒަކާތް ދައްކަން ޖެހެއެވެ. ޒަކާތް ދައްކަން ޖެހޭނީ އޭގެ 40 ބައިކުޅަ އެއްބަ އެވެ. އެއީ 2.5 ޕަސެންޓެވެ.

.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް