
މި ހަފްލާގައި އެސްޓީއޯގެ އެމްޑީ އަދި ސީއީއޯ، ޝިމާދު އިބްރާހިމް އާއި މަކިޓާގެ ފަރާތުން މަކިޓާގެ ޑިރެކްޓާ، ކޯޕަރޭޓް އޮފިސާ، ބައިނަލްއަގުވާމީ ސޭލްސް ހެޑްކުއާޓާ، އޮމޮޓޭ ޓަކާޝީ ވެސް ބައިވެރިވެވަޑައިގަތެވެ.
ރޭގެ ހަފްލާގައި ރާއްޖޭގައި މަކިޓާ ބްރޭންޑު ބޭނުންކުރާ ކަސްޓަމަރުންގެ ތެރެއިން އެންމެ ފާހަގަކުރެވޭ ކަސްޓަމަރުންނަށް ވަނީ އެވޯޑު ވެސް ދީފަ އެވެ.
އެސްޓީއޯ އާއި މަކިޓާއާ ދެމެދު އޮންނަ ގުޅުމާ ބެހޭ ގޮތުން ވާހަކަދައްކަވަމުން އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންގެ ޑިރެކްޓަރު މުހައްމަދު އީމާން ވިދާޅުވީ އެސްޓީއޯ އިން މަކިޓާއާ އެކު މަސައްކަތް ކުރާތާ 25 އަހަރު ވީއިރު އެ ބްރޭންޑަކީ ރާއްޖޭގައި އެއްވަނަ ޕަވަޓޫލް ބްރޭންޑު ކަމަށެވެ.
މި ހަފްލާގައި، މަކިޓާ އިން އަލަށް ރާއްޖެއަށް ތައާރަފްކުރި ޕަވަޓޫލްސް ދައްކާލައި އެ ތަކެތި ބޭނުންކުރާނެ ގޮތުގެ ޑެމޮންސްޓްރޭޝަންތައް ވެސް ވަނީ ދައްކާލައިފަ އެވެ.
އެސްޓީއޯ އާއި މަކިޓާގެ 25 އަހަރުގެ ޕާޓްނަޝިޕް ފާހަގަކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން - ފޮޓޯ: އެސްޓީއޯ
މި ހަފްލާ ނިންމާލުމުގެ ގޮތުން، މަކިޓާގެ ޑިރެކްޓަރު، ކޯޕަރޭޓް އޮފިސަރު، ބައިނަލްއަގުވާމީ ސޭލްސް ހެޑްކުއާޓަރު، އޮމޮޓޭ ޓަކާޝީ އަދި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯ ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެބޭފުޅުން ވަނީ މަކިޓާއާއި އެސްޓީއޯއާއި ދެމެދު އޮތް ގުޅުން ފާހަގަކޮށް އޭގެ ސަބަބުން ރާއްޖޭގެ އިމާރާތް ކުރުމުގެ ސިނާއަތަށް އަންނަމުންދާ ހެޔޮ ބަދަލުތައް ފާހަގަކޮށް އެކަމަށް މަރުހަބާ ވިދާޅުވެފަ އެވެ.
މަކިޓާ ބްރޭންޑަކީ 1915 ވަނަ އަހަރު ޖަޕާނުގައި ތައާރަފް ކުރި ބްރޭންޑެކެވެ. މަކިޓާ ބްރޭންޑުގެ ޕަވާ ޓޫލްތަކަކީ ދުނިޔޭގެ ބާޒާރުގައި ވެސް ނަން މަޝްހޫރު ބްރޭންޑެކެވެ. އެސްޓީއޯ އިން މި ބްރޭންޑު ރާއްޖޭގެ މާކެޓަށް ތައާރަފްކުރީ މީގެ 25 އަހަރު ކުރިންނެވެ.
އެސްޓީއޯއިން މަކިޓާއާ އެކު ގާއިމުކޮށްފައިވާ ޕާޓްނާޝިޕުގެ ދަށުން ކޮލެޓީ އަދި އަގުހުރި ގިނަ ޕްރޮޑަކްޓުތަކެއް ފާއިތުވި އަހަރުތަކުގައި ވަނީ ރާއްޖެއަށް ތައާރަފްކޮށްފަ އެވެ.