ads
ގައުމީ ދުވަސް ކުލަގަދަކޮށް ފާހަގަކުރަން އުތީމު ތައްޔާރުވެފައި
ގައުމީ ދުވަސް ފާހަގަކުރަން ބޮޑުތަކުރާނުގެ ރަށުގައި ހަވާއަރުވަނީ
މިއަހަރުގެ ގައުމީ ދުވަސް ކުލަގަދަކޮށް ފާހަގަކުރަން އެދުވަސް ނިސްބަތްވާ ބޮޑުތަކުރާނުގެ ރަށް ހއ. އުތީމުގައި ހަވާ އަރުވަން ނިންމައިފިއެވެ.
Advertisement

މި އަހަރުގެ ގައުމީ ދުވަސްގެ ރަސްމީ ޖަލްސާ ބޭއްވުމަށް ނިންމާފައިވަނީ އުތީމުގައެވެ. 

މި ޖަލްސާގައި ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ގައުމީ އިނާމު ދިނުން އޮންނާނެއެވެ. މި އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގަންނަވަނީ 3 ބޭފުޅަކަށެވެ. އެ ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކަށް އިނާމު އަރުވަނީ، އެ ބޭފުޅެއްގެ ހަނދާނަށެވެ. މި އަހަރު ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވަނީ 9 ބޭފުޅަކަށާއި ކުންފުންޏަކަށެވެ. 

މިއަދު ހެނދުނު 10:00 ގައި އޮންނަ މި ޖަލްސާގައި ރައީސް ޑރ ، މުހައްމަދު މުއިއްޒު ބައިވެރިވެޑައިގަންނަވާނެއެވެ. 

ގައުމީ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް އުތީމުގައި ބާއްވާ ހަރަކާތްތަކުގެ ތެރެއިން މިރޭ އެރަށުގައި ހަވާ އެރުވުން އޮންނާނެކަމަށް ދިވެހި ބަހާ ގައުމިއްޔަތާއި ބެހޭ މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން މާދަމާ އުތީމުގައި ސަޤާފީ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ. 

your imageއުތީމުގައި ހަދާފައިވާ އެރަށުގެ މޮނިއުމަންޓް 

މިއަހަރުގެ ގައުމީ ދުވަހާއި ދިމާކޮށް، ދިވެހި ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ ހާއްސަ ޝަރަފު، އުތީމު ރައްޔިތުންނަށް އެރުވުމަށް ރައީސް ޑރ. މުއިއްޒު ވަނީ ކަނޑައަޅުއްވާފައެވެ. މި ޝަރަފު އެރުއްވުމަށް ރައީސް ނިންމެވީ އުތީމު ގަނޑުވަރު ބެލެހެއްޓެވުމުގައި، އުތީމު ރައްޔިތުން އަދާކޮށްފައިވާ ދައުރާއި، އެކަމަށް ދިން އަހައްމިއްޔަތުގެ އަގު މިއަދުގެ ސަރުކާރުން ވަޒަން ކުރެއްވުމުގެ ގޮތުންކަމަށް ރައީސް އޮފީހުން ބުނެއެވެ. ހަމައެއާއެކު، އުތީމުގެ ލޮބުވެތި ރައްޔިތުންގެ ބެލެހެއްޓުންތެރިކަމާއެކުގައި އުތީމު ގަނޑުވަރަށް 500 ވަރަކަށް އަހަރު ވެފައިވާތީކަމަށްވެސް ރައީސް އޮފީހުން ވަނީ ބުުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް