
އެރަށުގައި މި ހިދުމަތް ފައްޓަވާދެއްވީ ހދ. އަތޮޅަށް މިހާރު ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުުގައި އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.
އޭޓީއެމްގެ ހިދުމަތް ފަށްޓަވައިދެއްވުމަށްފަހު އެމަނިކުފާނު ވަނީ އޭޓީއެމުން ފައިސާ ނަންގަވާފައެވެ. އަދި އެކަމަށް ބޭނުން ކުރެއްވި ހަނދާނީ ބޭންކް ކާޑެއް ރަށު ކައުންސިލާއި ވަނީ ހަވާލުކުރައްވާފައެވެ.
ހދ ފިނޭގައި އޭޓީއެމް ހިދުމަތް ފެށުމަށް ބޭނުންކުރި ހަނދާނީ ބޭންކް ކާޑް. މިކާޑު ވަނީ ރަށު ކައުންސިލަށް ހަދިޔާކޮށްފައި
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ފެށުމަކީ މި ސަރުކާރުގެ އަމާޒެކެވެ. މި އަހަރު ތެރޭގައި 100 ރަށެއްގައި މުޅިން އަލަށް އޭޓީއެމްގެ ހިދުމަތް ގާއިމުކުރުމުގެ މަސައްކަތް ބީއެމްއެލްއިން އަންނަނީ ކުރަމުންނެވެ.
މިދިޔަ ނޮވެމްބަރު މަހު ފެށި މި މަސައްކަތުގެ ދަށުން މި އަހަރުގެ މިހާތަނަށް 50 ރަށެއްގައި އަލަށް އޭޓީއެމްގެ ހިދުމަތް ވަނީ ފަށާފައެވެ. މިހާރު ރާއްޖޭގެ އަށް އަތޮޅެއްގެ ހުރިހާ ރަށެއްގައި އެ ހިދުމަތް ގާއިމްކޮށްފައިވާ ކަމަށް ބީއެމްއެލުން ވަނީ ބުނެފައެވެ. އެއީ ހއ، ށ، ނ، ކ، މ، ދ ބ. އަދި އއ އަތޮޅެވެ.