
މި މަރުކަޒުގެ އަމަލީ މަސައްކަތް ރަސްމީކޮށް މިރޭ ފަށާފައިވަނީ ރައީސް ޑރ މުހައްމަދު މުއިއްޒު ހދ. އަތޮޅުގެ ރަށްތަކަށް ކިހާރު ކުރައްވަމުން ގެންދަވާ ޒިޔާރަތުގެ ތެރެއިން އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ފިނޭގައި ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށްޓަވައި ދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާނާއި ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއިލް ނަވީނާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައުދީއާއި ފިނޭ ކައުންސިލްގެ ރައީސް އަދުނާން އަބްދުﷲ އެވެ.
ފިނޭ ފުލުހުންގެ މަރުކަޒު އެޅުމުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ފިނޭގައި ފުލުހުންގެ މަރުކަޒު އަޅަން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. މި މަޝްރޫއުގެ ދަށުނ،ް 1,600 އަކަފޫޓުގެ ސަރަހައްދެއްގައި ޕޮލިސް ޕޯސްޓެއް ގާއިމުކުރެވޭއިރު ޕޮލިސް ޕޯސްޓެއްގައި ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ހުރިހާ ވަސީލަތެއް ވެސް ގާއިމުކުރެވޭނެކަމަށް އެމްޓީސީސީން ބުނެއެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2.20 މިލިއަން ރުފިޔާއަށެވެ.