
މި ހޮސްޕިޓަލްގެ ބިންގާ އަޅާފައިވަނީ ރައީސް ޑރ މުހައްމަދު މުއިއްޒު ހދ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ޒިޔާރަތުގެ ތެރެއިން އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
އާ ހޮސްޕިޓަލްގެ ބިންގާ އަޅުއްވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމާއި، އެ މަސައްކަތް ހަވާލުކޮށްފައިވާ އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމެވެ.
30 އެނދުގެ މި ހޮސްޕިޓަލް އަޅަން އާރުޑީސީއާ ހަވާލުކޮށްފައިވަނީ 104,834,778.55 ރުފިޔާއަށެވެ.
ހަނިމާދޫ ހޮސްޕިޓަލް ހިމެނެނީ ކުވެއިތު ފަންޑު ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ އެހީގައި ހަތް ރަށެއްގައި ހޮސްޕިޓަލް އެޅުމަށް 2022 ވަނަ އަހަރު އިއުލާނުކުރި ޕްރޮޖެކްޓު ތެރޭގައެވެ. ހަނިމާދޫ ހޮސްޕިޓަލްގެ މަސައްކަތް މީގެ ކުރިން 2023 ވަނަ އަހަރު އަމިއްލަ ކުންފުންޏަކާ ވެސް ހަވާލުކުރި އެވެ.
ހަނިމާދޫ ހޮސްޕިޓަލްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން ރައީސް ޑރ. މުއިއްޒު
ރޭ ހަނިމާދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ އަދި މި އަހަރު ނިމުމުގެ ކުރިން މިހާރު ހުރި މަރުކަޒުގައި ޑަޔަލިސިސްގެ ހިދުމަތް ފައްޓަވާ ދެއްވާނެކަމަށެވެ. އަދި އަންހެނުންގެ ހާއްސަ ޑޮކްޓަރަކާއި ކުޑަކުދިންގެ ޑޮކްޓަރެއްގެ ހިދުމަތްދޭން ފައްޓަވައިދެއްވާނޭކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.