ads
މިދިޔަ މާޗުގައި ބޭއްވި އދ.ގެ ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެންގެ ބައްދަލުވުން.
އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ނައިބަކަށް ރާއްޖެ އިންތިހާބުވެއްޖެ
އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ނައިބު ރައީސްގެ މަގާމަށް ރާއްޖެ އިންތިހާބުކޮށްފި އެވެ.
Advertisement

މިއަދު ބޭއްވި އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ އިދާރީ ބައްދަލުވުމުގައި، މަޖިލީހުގެ ނައިބު ރައީސާގެ މަގާމަށް ޖެނީވާގައި ހުންނަ އ.ދ.ގެ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ހޮވިވަޑައިގެންފަ އެވެ. 

މި މަގާމަށް ޑރ. ސަލްމާ ރަޝީދު ނަން ހުށަހަޅާފައިވަނީ އޭޝިއާ ޕެސިފިކް ގްރޫޕުގެ ފުރިހަމަ އަޣުލަބިއްޔަތުން ކައުންސިލްގެ ބިއުރޯގައި އެގުރޫޕަށް ނިސްބަތްވާ ޤައުމުތައް ތަމްސީލުކުރުމަށެވެ.

އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ނައިބު ރައީސްގެ މަގާމަށް ދިވެހިރާއްޖެ އިންތިހާބުވުމާއެކު ނައިބު ރައީސްގެ ހައިސިއްޔަތުން، އޭޝިއާ-ޕެސިފިކް ގްރޫޕުގެ މަސްއޫލިއްޔަތުތައް ދެން އަދާކުރަމުންދާނީ ދިވެހިރާއްޖެއިންނެވެ.

މިކަމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރާއްޖެއަކީ، ހާއްސަކޮށް ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް (ސިޑްސް)ގައި އިންސާނީ ހައްގުތަކާ ގުޅުން ހުރި މައްސަލަތަކަށް ވަކާލާތުކުރުމުގައި ޓްރެކް ރެކޯޑެއް އޮތް ގައުމެއް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް