ފުލުހުން ބުނީ މަރުވެފައިވާ އޮއްވައި ރޭ ފެނުނީ މި މަހުގެ 21 ވަނަ ދުވަހުގެ ރެ އިން ފެށިގެން ގެއްލިގެން ހޯދަމުން އައި ބިދޭސީ މީހާ ކަމަށް ބެލޭނެ ކަންކަން ތަހުގީގަށް ފާހަގަކުރެވިފައިވާކަމަށެވެ.
ގެއްލިގެން މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން އިއުލާންކުރީ 29 އަހަރުގެ ނޭޕާލް ފިރިހެނެއް ހޯދުމަށެވެ. އޭނާ އެންމެ ފަހުން ފެނިފައިވަނީ، އޭނާ މަސައްކަތް ކުރާ ކުންފުނިން ބުނެފައިވާ ގޮތުގައި، އޭގެ އެއް ދުވަސް ކުރިންނެވެ.
ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނުނު އެ މީހާގެ ހަށިގަނޑު ވަނީ ޑީކޮމްޕޯޒްވެފައިވާކަމަށެވެ. އަދި އެއީ ކާކުކަން ދެނެގަތުމުގެ މަސައްކަތް ކުރިއަށް އެބަދާކަމަށްވެސް ފުލުހުން ބުނެއެވެ.