ads
އެމްއެންޔޫގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ދަރިވަރުން ބައިވެރިވަނީ -- ފޮޓޯ: ރައީސް އޮފީސް
ކިޔަވަން ފޮނުވީމާ ނުކިޔަވައި އައިމާ ބޮޑު ހުކުމެއް
ރާއްޖޭގެ ބޮޑު ކުންފުންޏެއްގެ ހަރަދުގައި ކިޔަވަން ފޮނުވި އެ ކުންފުނީގެ އަންހެން މުވައްޒަފަކު، އެއްބަސްވި ގޮތަށް ނުކިޔަވައި، އަދި ބޮންޑާ އެއްގޮތަށް ވަޒީފާ އަދާނުކުރުމުން، ހަތް ލައްކައެއްހާ ރުފިޔާ އަނބުރާ ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
Advertisement

މި ހާދިސާއަކީ، މީގެ 15 އަހަރު ކުރިން، ސަރުކާރު ހިއްސާވާ ބޮޑު ކުންފުންޏަކުން އެ ކުންފުނީގެ އަންހެން މުވައްޒަފަކު، ބެޗިލާ އޮފް ސައިންސް (އޮނާސް) އިން ފުޑް ސައިންސް އެންޑް ނިއުޓްރިޝަން ކިޔަވަން ރާއްޖޭން ބޭރަށް ފޮނުވުމުން، އެ ކުއްޖާ ކިޔެވުން ދޫކޮށްލައި މާލެއަށް އެނބުރި އައި މައްސަލައެވެ. 

މި މައްސަލައިގައި ސިވިލް ކޯޓުންވަނީ، އެ އަންހެން މުވައްޒަފާއެކު އެ ކުންފުނިން ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ކޯސް ފުރިހަމަ ނުކުރާކަން، އަދި އެއްބަސްވީ ގޮތަށް ވަޒީފާވެސް އަދާނުކުރާކަން ފާހަގަކޮށްފައެވެ.

އެކަން އެގޮތަށް ހުރުމުން، ކޯޓުންވަނީ ހަތް ލައްކަ ރުފިޔާގެ ހުކުމެއް ދެ ހަފްތާ ތެރޭ ދައްކަން އެ ކުއްޖާގެ މައްޗަށް އަމުރުކޮށްފައެވެ. އެ ފައިސާއަކީ އެ ކުއްޖާއަށް ކިޔަވައިދިނުމަށް އެ ކުންފުނިން ހޭދަކުރި ފައިސާއެވެ.

މި މައްސަލަ ކޯޓުން ނިންމާފައިވަނީ އަންހެން ކުއްޖާގެ ގައިރު ހާޒިރުގައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް