ads
ހަމްދޫން ހަމީދު
ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރަކަށް ހަމްދޫން ހަމީދު އައްޔަންކޮށްފި
ފިނޭންސް މިނިސްޓަރުގެ މޫސާ ޒަމީރުގެ އެޑްވައިޒަރަކަށް ހަމްދޫން އަބްދުﷲ ހަމީދު އައްޔަނުކޮށްފިއެވެ.
Advertisement

ހަމްދޫން އެ މަގާމަށް އައްޔަންކުރައްވާފައިވަނީ މިނިސްޓަރު ފެންވަރުގައެވެ.  

ހަމްދޫން ހަމީދަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައީސް އަބްދުﷲ ޔާމީނާއި ބޮޑުބޭބެ ވިދާޅުވާ ބޭފުލެކެވެ. ހަމްދޫން ވަނީ މައުމޫންގެ ވެރިކަމުގައި ޕްލޭނިން މިނިސްޓަރުގެ މަގާމުގެ އިތުރުން ސަރުކާރުގެ އިސް މަގާމުތަކެއްވެސް ފުރުއްވާފައެވެ. އަދި ރައީސް ޔާމީން ވެރިކަމުގައި ހަމްދޫން ހަމީދު ހުންނެވީ ސިންގަޕޫރަށް ކަނޑައެޅި ނޮން-ރެސިޑެންޓް ސަފީރުގެ މަގާމުގައެވެ.

އެނގިފައިވާ ގޮތުގައި ހަމްދޫން ހަމީދު ، މިނިސްޓަރު ޒަމީރަށް ލަފާ ދެއްވަނީ ރައީސް މުއިއްޒު އިއުލާން ކުރައްވާފައިވާ ދިވެހިރާއްޖޭގެ 20 އަހަރުގެ ގައުމީ ތަރައްގީގެ ޕްލޭން ތަންފީޒުކުރުމަށް ކުރާ މަސައްކަތްތަކަށެވެ.

ހަމްދޫން އެ މަގާމަށް އައްޔަން ކުރިން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް