ads
ނޮޅިވަރަންފަރުގައި އޭޓީއެމްގެ ހިދުމަތް ފަށާ ބީއެމްއެލްގެ ބްރާންޗް ރައީސް މުއިއްޒު ހުޅުވާ ދެއްވަނީ
ނޮޅިވަރަންފަރުގައި އޭޓީއެމް ހުޅުވާ ބީއެމްއެލްގެ ބްރާންޗެއް
ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހދ. ނޮޅިވަރަންފަރުގައި ބްރާންޗެއް ހުޅުވައި، އޭޓީއެމްގެ ހިދުމަތް ފަށައިފިއެވެ
Advertisement

މި ހިދުމަތް އެ ރަށުގައި ރަސްމީކޮށް ފައްޓަވާދެއްވީ ރައީސް ޑރ. މުއިއްޒު މިހާރު ހދ ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެރަށުގައި އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެމަނިކުފާނުއެވެ. ނޮޅިވަރަންފަރުގައި އޭޓީއެމް ހިދުމަތް ފައްޓަވާދެއްވުމަށްފަހު ރައީސް މުއިއްޒު ވަނީ ހަނދާނީ ބޭންކު ކާޑެއް ރަށު ކައުންސިލާ ހަވާލުކުރައްވާފައެވެ.

ނޮޅިވަރަންފަރުގައި ހުޅުވީ ބީއެމްއެލް އިސްލާމިކް ބާރާންޗެކެވެ. މި ބްރާންޗު މެދުވެރިކޮށް ބޭންކިން ހުރިހާ ހިދުމަތެއްވެސް ލިބޭނެކަމަށް ބީއެމްއެލުން ބުނެއެވެ.

your imageނޮޅިވަރަންފަރުގައި ހުޅުވި ބީއެމްއެލް އިސްލާމިކް ބާރާންޗް 

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ފެށުމަކީ މި ސަރުކާރުގެ އަމާޒެކެވެ. މި އަހަރު ތެރޭގައި 100 ރަށެއްގައި މުޅިން އަލަށް އޭޓީއެމްގެ ހިދުމަތް ގާއިމުކުރުމުގެ މަސައްކަތް ބީއެމްއެލްއިން އަންނަނީ ކުރަމުންނެވެ.

މިދިޔަ ނޮވެމްބަރު މަހު ފެށި މި މަސައްކަތުގެ ދަށުން މި އަހަރުގެ މިހާތަނަށް 50 ވުރެ ގިނަ ރަށުގައި އަލަށް އޭޓީއެމްގެ ހިދުމަތް  ވަނީ ފަށާފައެވެ. މިހާރު ރާއްޖޭގެ އަށް އަތޮޅެއްގެ ހުރިހާ ރަށެއްގައި އެ ހިދުމަތް ގާއިމްކޮށްފައިވާ ކަމަށް ބީއެމްއެލުން ވަނީ ބުނެފައެވެ. އެއީ ހއ، ށ، ނ، ކ، މ، ދ ބ. އަދި އއ އަތޮޅެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް