ads
މަކުނޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސް މުއިއްޒު ވާހަކަ ދައްކަވަނީ
ދެން އަންނާނީ މަކުނުދޫ އެއާޕޯޓް ހުޅުވުން : ރައީސް
ހދ. މަކުނުދޫގައި ހަދާ އެއާޕޯޓްގެ މަސައްކަތް ވަރަށް ހަލުވި ދުވެލީގައި ކުރިއަށް ގެންގޮސް ނިންމާ ދެން އެރަށަށް ވަޑައިގަންނަވާނީ އެތަން ހުޅުވުމަށްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

ރައީސް ޑރ. މުއިއްޒު މިހާރު ހދ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ވަނީ ހދ. މަކުނުދޫގައި އަޅާ އެއާޕޯޓް އަަޅަން ބޭނުންވާ ބިން ހިއްކުމާއި އެއާޕޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައެެވެ. 

މަކުނުދޫގައި އަޅަނީ 1800 މީޓަރުގެ ރަންވޭ އަކާއެކު ތަރައްގީކުރާ އެއާޕޯޓެއްކަމަށެވެ. އެ ރަންވޭއަށް ބޭނުންވާ ބިމާއި އިޖްތިމާއީ ބޭނުންތަކަށް އިތުރު 22 ހެކްޓަރުގެ ބިން ހިއްކަން ވަނީ ނިންމާފައެވެ. އެއާޕޯޓް އެޅުމަށްފަހު އެތަން ހިންގުން ހަވާލުކުރަން ނިންމާފައިވަނީ އެމްއޭސީއެލްއާއެވެ.

your imageމަކުނުދޫ އެއާޕޯޓް އެޅުމާއި ބިން ހިއްކުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން 

މަކުނުދޫ ރައްޔިތުންނާއި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މަކުނުދޫގެ ތަރައްގީއަށް އެންމެ މުހިންމީ އެއާޕޯޓް ކަމަށެވެ. މަކުނުދޫއަކީ އެންމެ އެކަހެރިކޮށް އޮންނަ ރަށްކަމަށްވުމުން އެންމެ އިސްކަމެއް ދެއްވަނީ ވީހާވެސް އަވަހަށް އެއާޕޯޓްގެ މަސައްކަތް ނިންމުމަށްކަމަށްވެސް ރއަީސް މުއިއްޒު ވިދާޅުވިއެވެ. 

" ތިބޭފުޅުންނަށް ޔަޤީންކަން ދެން ވަރަށް ކާމިޔާބުކަމާއެކު ވަރަށް ބާރު ދުވެލީގައި ކުރިއަށް ގެންގޮސް ނިންމާނެކަން.” ރައީސް ވިދާޅުވިއެވެ.

މަކުނުދޫ ރައްޔިތުންނަށް ބޭނުންވާ ތަރައްގީގެ މަޝްރޫއުތަކުގެ ތަފްސީލުތައް ދެއްވުމަށްފަހު ރައީސް މުއިއްޒު ވިދާޅުވީ ދެން އެމަނިކުފާނު އެރަށް ވަޑައިގަންނަވާނީ އެއަރޕޯޓް މަޝްރޫއު ނިންމާ އެތަން ހުޅުވުމަށާއި އެ ރަށުގައި ކުރިޔަށް ގެންދިޔަ ގިނަ މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރުމަށްކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް