ads
އުއްތަމަ ފަނޑިޔާރު ޣަނީ
އާ ނިޒާމާއެކު ކޯޓުތަކުގެ ބުރަ މަސައްކަތަށް ލުޔެއް ލިބޭނެ: އުއްތަމަ ފަނޑިޔާރު
ކޯޓުތަކުގައި އަލަށް ބޭނުންކުރަން ފެށި އިންޓަގްރޭޓެޑް ކޭސް މެނޭޖްމެންޓް ސިސްޓަމުގެ ސަބަބުން ޝަރުއީ ދާއިރާގެ މަސައްކަތްތަކަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް، އުއްތަމަފަނޑިޔާރު އަބްދުލް ގަނީ މުހައްމަދު ވިދާޅުވެއްޖެއެވެ.
Advertisement

ކޯޓުތަކުގެ މަސައްކަތްތައް ހަލުވިކޮށް ޒަމާނީކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން އުއްތަމަފަނޑިޔާރު ވިދާޅުވީ، މި އާ ނިޒާމަކީ މައްސަލަތައް އަވަހަށް ނިންމުމަށް ލިބިގެންދާނެ ވަރަށް ބޮޑު އެހީއެއް ކަމަށެވެ.

އުއްތަމަފަނޑިޔާރުގެ ވާހަކަފުޅުގައި، "ޓެކްނޮލޮޖީގެ އެހީގައި ފަރުމާކޮށްފައިވާ މި ނިޒާމުގެ ސަބަބުން މައްސަލަ ހުށައެޅުމާއި، ރަޖިސްޓްރީކުރުމާއި، އަދި މައްސަލަތައް ހިންގުމުގެ ހުރިހާ މަރުހަލާއެއްވެސް ހަލުވިވެގެންދާނެ ކަމަށް ފާހަގަކުރެއްވި،" އެވެ. އަދި މި ސިސްޓަމުގެ ސަބަބުން ކަރުދާހަށް ބަރޯސާވާ މިންވަރު ކުޑަކުރެވި، މައްސަލަތައް ނިންމަން ނަގާ މުއްދަތު ބޮޑުތަނުން ކުޑަވާނެ ކަމަށް އުއްތަމަފަނޑިޔާރު ވިދާޅުވި އެވެ.

މި ނިޒާމު ފަރުމާކޮށްފައިވަނީ ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ކަމަށާއި، މިހާރު ކްރިމިނަލް ކޯޓުގައި މީގެ ހިދުމަތް ބޭނުންކުރަމުން އަންނަ ކަން ފާހަގަކޮށްލެވެއެވެ.

އުއްތަމަފަނޑިޔާރު ވިދާޅުވީ، މަގާމާ ހަވާލުވެވަޑައިގެން މާލޭގެ ކޯޓުތަކަށް ކުރެއްވި ޒިޔާރަތްތަކުން، ޝަރުއީ ނިޒާމަށް ގިނަ ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ޓެކްނޮލޮޖީގެ ހައްލުތަކުގެ އިތުރުން ބައެއް ގާނޫނީ ހުރަސްތައްވެސް އެބަހުރި ކަމަށާއި، އެކަންކަން ހައްލުކުރުމަށް ބަންޑާރަނައިބާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އުއްތަމަފަނޑިޔާރު ދެއްވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް