ads
އަދީބުގެ އެމްޓީޑީ އުވާލަން އިލެކްޝަން ކޮމިޝަނުން މިއަދު ވަނީ ނިންމާފައި --
އަދީބުގެ އެމްޓީޑީ އިލެކްޝަން ކޮމިޝަނުން އުވާލަން ނިންމައިފި
ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
Advertisement

އީސީ އިން މިއަދު ގެޒެޓުކުރި އިއުލާނުގައި ބުނެފައިވަނީ އެމްޓީޑީ އުވާލަން ނިންމީ ގާނޫނުން ލާޒިމުކުރާ އަދަދަށް މެންބަރުން ނެތިގެންނެވެ.

ސިޔާސީ ޕާޓީތަކުގެ ގަވާއިދު ބުނާގޮތުން ޕާޓީއެއްގެ ދަފުތަރުގައި އެންމެ މަދުވެގެން 3،000 މެންބަރުން ތިބެން ޖެހޭނެ އެވެ. އެ އަދަދު ފުރިހަމަ ނުވާނަމަ، އެކަން ކުރުމަށް ތިން މަހުގެ މުއްދަތެއް ދޭން ޖެހެ އެވެ. ޕާޓީއެއް އުވާލަނީ އެ މުއްދަތުގައި ވެސް 3،000 މެންބަރުން ހަމަ ނުވުމުންނެވެ.

އީސީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ދަފުތަރުން އެނގޭ ގޮތުން އެމްޓީޑީގައި ތިބީ 2،272 މެންބަރުންނެވެ.

އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ބޮޑު ތުހުމަތެއް އޮތް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިސްކޮށް ހުރެ އުފެއްދި އެމްޓީޑީ މީގެކުރިން ބައެއް ސިޔާސީ ހަރަކާތްތައް ހިންގި ނަމަވެސް، މި ފަހުން އެ ޕާޓީގެ އެއްވެސް ހަރަކާތެއް ނެތެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް