ads
ހދ. ނޭކުރެންދޫ--
ޖަލު އަޅަން ނެގި ބިން 15 އަހަރު ފަހުން ނޭކުރެންދޫ ކައުންސިލަށް
ހދ. ނޭކުރެންދޫގައި ޖަލެއް އެޅުމުގެ މަގުސަދުގައި މީގެ 15 އަހަރު ކުރިން ސަރުކާރުން ނެގި ބިން އަލުން އެރަށު ކައުންސިލާ ހަވާލުކޮށްފިއެވެ.
Advertisement

ރައީސް ޑރ. މުހައްމަދު މުއިއްޒު މިކަން އިއުލާނު ކުރައްވާ، އެބިމުގައި ރަށުގެ ރައްޔިތުންނަށް ފައިދާ ކުރަނިވި އިގްތިސާދީ މަސައްކަތެއް ފެށުމަށް ކައުންސިލަށް މިއަދު އިލްތިމާސްކުރެއްވިއެވެ. 

ރާއްޖޭގެ އުތުރުގައި ފުރަތަމަ ޖަލު އެޅުމަށް ނިންމައި ނޭކުރެންދޫއިން 21 ހެކްޓަރުގެ ބިން ސާފުކޮށްފައި ވަނީ 2010 ވަނަ އަހަރުއެވެ. ނަމަވެސް އެ މަޝްރޫއު ކުރިއަށް ނުގޮސް، އެތައް އަހަރެއް ވަންދެން އެ ބިން އޮތީ އެއްވެސް ބޭނުމެއް ނުހިފި ހުސްކޮށެވެ. ފަހުން 2022 ވަނަ އަހަރު ޔުނިކް ޗޮއިސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާ ޖަލު އެޅުމުގެ މަސައްކަތް ހަވާލުކުރި ނަމަވެސް، އެއްވެސް އަމަލީ މަސައްކަތެއް ފެށިފައި ނުވެއެވެ.

ނޭކުރެންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޖަލު އެޅުމަށް ނެގި ބިން އަނބުރާ ކައުންސިލާ ހަވާލުކުރުމަކީ އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދެއް ފުއްދެވުން ކަމަށެވެ. ރައީސް ވަނީ ރައްޔިތުންގެ މަޝްވަރާގެ މަތިން، ރަށަށް އިގްތިސާދީ ފައިދާއެއް ވާނެފަދަ ރަނގަޅު ޕްރޮޕޯސަލެއް ހުށަހެޅުމަށް ކައުންސިލަށް އިރުޝާދު ދެއްވާފައެވެ. އަދި އެފަދަ ޕްރޮޕޯސަލަކަށް ސަރުކާރުން ހުއްދަ ދެއްވާނެ ކަމުގެ ޔަގީންކަންވެސް ރައީސް ދެއްވިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް