ads
ކުޅުދުއްފުށީގައި 2،000 ހައުސިން ޔުނިޓު އިމާރާތް ކުރުމުގެ އެއްބަސްވުމުގައި އެޗްޑީސީގެ އެމްޑީ ޒުހައިރާއި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދު މިރޭ ސޮއިކުރައްވަނީ.
ކުޅުދުއްފުށި ސިޓީގައި 2000 ހައުސިން ޔުނިޓު ތަރައްގީކުރަން އެޗްޑީސީއާ ހަވާލުކޮށްފި
ކުޅުދުއްފުށީ ސިޓީގައި 2000 ހައުސިން ޔުނިޓު ތަރައްގީކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީއާއި ހަވާލުކޮށްފި އެވެ.
Advertisement

އެ ރަށުގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލު ހޯދުމުގެ ޕްލޭންގެ ދަށުން 2،000 ހައުސިން ޔުނިޓް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ހދ. އަތޮޅަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކުޅުދުއްފުއްޓަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއެކު މިރޭ ބޭއްވި ޖަލްސާގައި ވަނީ އެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. 

މިމަޝްރޫޢާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ، އެމަނިކުފާނު އިއުލާންކުރައްވާފައިވާ 2000 ހައުސިންގެ ތެރެއިން 700 ޔުނިޓު ތަރައްގީކުރާނީ އަމިއްލަ ގޯތީގައި ގެދޮރު ތަރައްގީކޮށްދޭނެ ފަދަ ސްކީމެއްކަމަށެވެ. އަދި ބާކީ 1300 ހައުސިން ޔުނިޓުގެ މަސައްކަތް ކުރިއަށްގެންދާނީ ޕަބްލިކް ހައުސިންގެ ތެރެއިންކަމަށެވެ.

"އެނގިވަޑައިގަންނަވާނެ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނަކީ ސަރުކާރުގެ ސަތޭކަ ޕަސެންޓު ހިއްސާވާ، ހައުސިން ޑިވެލޮޕްމަންޓަށް ހާއްސަ ކުރެވިފައި އޮތް، އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ހާއްސަ ކުރެވިފައި ސަރުކާރުގައި އޮންނަ އެންމެ މުހިންމު އެންމެ ބޮޑު ކުންފުނި. އެހެންވީމާ އެޗްޑީސީގެ ޒިންމާއަކަށް ވާނީ މި އެގްރީމަންޓުގެ ތެރެއިން މި ދެ މަޝްރޫއު ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށް ގެންދިއުން" ރައީސް ވިދާޅުވި އެވެ.

މިރޭ ސޮއި ކުރި 2،000 ހައުސިން ޔުނިޓް އެޅުމަށް ނިންމާފައި ވަނީ ގޯތި އޮވެ، އެ ގޯތީގައި ހައުސިން ޔުނިޓް އަޅަން ބޭނުންވާ މީހުންނަށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ސަރުކާރުން ނިންމާފައި ވަނީ ރައީސް މިރޭ އިއުލާން ކުރެއްވި 2،000 ހައުސިން ޔުނިޓުގެ ތެރެއިން 1،300 ޔުނިޓް ކުޅުދުއްފުށީ ލޭންޑް ޔޫޒް ޕްލޭންގައި ކަނޑައަޅާފައިވާ ބިންތަކުގައި އިމާރާތް ކުރާށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް