ads
ފުނަދޫ ކުޅީގައި ފުލެމިންގޯތަކެއް: އެ ރަށަށް 2019 ވަނަ އަހަރުން ފެށިގެން މި ދޫނިތައް އާދޭ - ފޮޓޯ: ތަންނި ފޮޓޯ ގްރަފީ
ހިޖުރަކުރާ ދޫނިތަކަށް ގޯނާ ނުކުރަން ބުނެފި
މި ދުވަސްވަރު ރާއްޖެއަށް ހިޖުރަކުރާ ދޫނިތައް ހިފައި ގޯނާކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) އިން މިއަދު ދީފި އެވެ.
Advertisement

އީޕީއޭ އިން ނެރުނު ނޫސްބަޔާނެއްގައީ ބުނީ މިގޮތަށް ހިޖުރަކުރާ ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް، ރައްކާތެރިކުރާ ދިރޭ ތަކެއްޗާ ބެހޭ ގަވާއިދުގެ ދަށުން ހިމާޔަތް ކޮށްފައިވާ ދިރުންތަކެއް ކަމަށެވެ. ހިޖުރަކުރާ ދޫނިތައް ހިފައި އެ ތަކެތި ގެންގުޅުމަކީ އެ ގަވައިދުގެ ދަށުން މަނާކޮށްފައިވާ ކަމެއްކަން އެ ބަޔާނުގައި ބުންޏެވެ.

ރާއްޖޭން ފެންނަ ގިނަ ބާވަތްތަކުގެ ދޫންޏަކީ މިގޮތަށް މޫސުމާ ގުޅިގެން ރާއްޖެއަށް ހިޖުރަކުރާ ބާވަތްތައް ކަމުގައިވާއިރު، މިފަދަ ދިރުންތައް ރައްކާތެރިކުރުމަކީ ރާއްޖޭގެ ދޫނިސޫފާސޫފީގެ ސިންދަފާތާއި ވެށީގެ މުއްސަނދިކަން ރައްކާތެރިކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއް ކަމަށާއި އެހެންނަމަވެސް ކޮންމެ އަހަރަކު މިދުވަސްވަރާ ދިމާކޮށް ހިޖުރަކުރާ ގިނަ ބާވަތްތަކެއްގެ ދޫނި މަޅިފަތިޖަހާ ހިފާ، ފިޔަކޮށާ އަދި ކޮށިތަކުގައި ބަންދުކޮށް ގެންގުޅޭ ކަމަށާއި މިފަދަ ދޫނި ވިޔަފާރި ކުރުމަށާއި އޮޅުދޫނި ގޮތުގައި ހިފާ ގެންގުޅޭކަން ފާހަގަކުރެވިފައިވާ ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ.

"މި ދޫނިތަކަކީ އެހެން ގައުމުތަކުން ރާއްޖެއަށް އަންނަ ދޫނިތަކަށްވުމުން މި ދޫނިތައް ހިފާގެންގުޅުމުގެ ސަބަބުން ދިވެހިރާއްޖެ ބައިވެރިވެފައިވާ ތަފާތު ބައިނަލްއަގުވާމީ މުއާހަދާތަކާވެސް ހިލާފުވޭ. އެގޮތުން ކޮންވެންޝަން އޮން މައިގްރޭޓަރީ ސްޕީޝީޒް "Covetio o Migratory Species" ގެ ދަށުން މިފަދަ ހިޖުރަކުރާ ދޫނިތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ދިވެހިރާއްޖޭގެ ޒިންމާއެއް" ބަޔާނުގައި ބުނެފައިވެ އެވެ.

ވީމާ، މިފަދަ އަމަލުތަކުން ދުރުވެ، ހެދިފައިވާ ގާނޫނާއި ގަވައިދާ އެއްގޮތައް އަމަލު ކުރުމަށް ބާރު އަޅާކަމަށް ބަޔާނުގައިވެއެވެ. ގަވާއިދާ ހިލާފަށް މިފަދަ ދޫނިތައް ހިފާ ގެންގުޅޭ ފަރާތެއް އެނގޭނަމަ ލަސްނުކޮށް ހޮޓްލައިން، 7980379 އަށް ގުޅައިގެން އެ މައުލޫމާތު ހިއްސާކުރުމަށް ވެސް އީއާރްއޭއިން ވަނީ އެދިފަ އެވެ.

ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާއި ހިމާޔަތްކޮށްފައިވާ ދިރުންތަކާ ގުޅޭ ގޮތުން އެ އޮތޯރިޓީން އަންގާ އެންގުންތަކާއި ގާނޫނާއި ގަވާއިދުތައް ތަންފީޒު ކުރުމަށް ހުރިހާ ފަރާތްތަކުގެ އެއްބާރުލުން ދިނުމަށް ވެސް އީއާރުއޭ އިން އެދިފައިވެ އެވެ.

މިދިޔަ އަހަރުތަކުގައި ރާއްޖެ އަށް ވަނީ އެކި ބާވަތްތަކުގެ ދޫނި ހިޖުރަކޮށްފަ އެވެ. އޭގެ ތެރޭގައި ބާޒާއި ގުޑުގުޑާ ދޫނި ކަހަލަ ދޫނިތައް ހިމެނެ އެވެ. ރާއްޖެ އަށް ހިޖުރަ ކުރި ގުޑުގުޑާ ދޫންޏެއް ހިފައި އެ ވިއްކަން ވައިބާ ގްރޫޕެއްގައި ޖެހި މައްސަލައެއް 2021 ވަނަ އަހަރު ވަރަށް ބޮޑުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް