ގަތަރު އެއާވޭސްގެ ހިދުމަތް ޓާމިނަލް 1 އަށް ބަދަލުކުރުން ފާހަގަކުރުމަށްޓަކައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ.
މި ރަސްމިއްޔާތުގައި ގަތަރު އެއާވޭސް އިން ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ ފްލައިޓުން ދަތުރުކުރި ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފަ އެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި އެމިރޭޓްސްގެ ފުރަތަމަ މަތިންދާބޯޓަށް މަރުހަބާ ކިއުމުގެ ގޮތުން ހާއްސަ ވޯޓާ ސެލިއުޓެއް ވެސް އަރުވާފައިވެ އެވެ.
ގަތަރު އެއާވޭސް އަކީ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި 38 ވަނަ އެއާލައިނެވެ.
ހުރިހާ އެއާލައިނެއްގެ ހިދުމަތް ގާތްގަނޑަކަށް އާ ޓާމިނަލަށް ބަދަލުވި އިރު، މިއީ ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން ވެސް އަންނަމުންދާ ދުވަސްވަރެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;