ads
ކުޅުދުއްފުށި އެއާޕޯޓްގެ އާ ޓާމިނަލްގެ ބިންގާ އެޅުމުގެ ތެރެއިން
ކުޅުދުށްފުށި އެއާޕޯޓް ޓާމިނަލް ބޮޑުކުރައި ބައިގެ ބިންގާ އަޅައިފި
ކުޅުދުށްފުށި އެއާޕޯޓް ޓާމިނަލް ބޮޑުކުރައި ބައިގެ ބިންގާ އަޅައިފިއެވެ.
Advertisement

ކުުޅުދުއްފުށި އެއާޕޯޓްގެ ޓާމިނަލްގެ މަސައްކަތް ފުރަތަމަ 100 ދުވަސް (ހަފުތާ 14) ގެ ތެރޭގައި ފެށި ކަމަށް ހިމަނާފައިވާ މަޝްރޫއެކެވެ. 

ކުުޅުދުއްފުށި އެއާޕޯޓްގެ ޓާމިނަލްގެ ބިންގާ އިއްޔެ އަޅާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ހދ ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

your imageކުޅުދުއްފުށި އެއާޕޯޓްގެ އާ ޓާމިނަލްގެ ބިންގާ އެޅުމުގެ ތެރެއިން 

އެެއާޕޯޓުގެ ޓާމިނަލްގެ ބިންގާ އަޅާދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި، މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދާއި، ކުޅުދުއްފުށީ މަޖިލިސް މެމްބަރުންނެވެ. 

ކުުޅުދުއްފުށި އެއާޕޯޓްގެ ޓާމިނަލްގެ މަސައްކަތް ކުރިޔަށް ގެންދަނީ އެމްއޭސީއެލުންނެވެ. މި ޓާމިނަލްގެ މަސައްކަތް ނިންމަން ކަނޑައަޅާފައިވަނީ ކިހާ ދުވަހަކުން ކަމެއް ސަރުކާރަކުން ނުބުނެއެވެ. އަދި މި ކަމަށް ހަރަދުކުރަނީ ކިހާވަރެއްކަމެއް ވެސް ހާމައެއް ނުކުރެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް