
ރައީސް މިހެން ވިދާޅުވީ މިއަދު ހދ.ކުރިނބީ ރައްޔިތުނަންނާއި ބައްދަލު ކުރައްވާ މިއަދު ދެއްކެވި ވާހަކަފުޅުގައި އެވެ. ރައީސް ވިދާޅުވީ އެކަމާއި ގުޅިގެން ރަށު ކައުންސިލުން ވަނީ އެމަނިކުފާނާއި އަދި ކަމާއި ގުޅޭ އެހެންނިހެން މުއައްސަސާތަކާއި މަސްވަރާ ކުރައްވާފައި ކަމަށާއި ކުރިނބީގެ ބަނދަރުގެ މަސައްކަތް ކުރިޔަށްދާގެންދާ އިތުރަށް ގެންނަން ބޭނުންވާ މުހިންމު ބަދަލުތަކެއް އެބަހުރި ކަމަށެވެ.
އެ ގޮތުން ބޭރުން ތޮށީގެ ބޭނުން ވީހާވެސް ފުރިހަމައަށް ބޭނުން ކުރެވޭނެ ގޮތް ހަދާ ދިނުމަކީީ ރައްޔިތުން އެންމެ އެދޭ އެއްކަންތައް ކަމަށް ރައީސް ވަނީ ފާހަގަ ކުރަށްވާފައި އެވެ.
ބަނދަރުގެ މަސައްކަތާއި އެކު ހދ. ކުރިނބީ އަށް ބޭނުންވާ އިތުރަށް ކަންތައްވެސް ކުރަން ހަމަޖެހިފައިވާ ކަމަށާއި އެ ގޮތުން ރައްޔިތުންނައް މޫދަށް އެރެން ބޭނުންކުރެވޭނެ ގޮތަށް ތަނެއް ތަރައްގީ ކުރަން ހަމަޖެހިފައިވާ ކަމަށް ރައީސް ފާހަގަ ކުރެއްވި އެވެ. މީގެ އިތުރުން އޮޑި އެހެލާނެ ސަރަހައްދެއް ހަދަން ޖެހިފައިވާ ކަމަށާއި އެއީ ވެސް މިކަހަލަ މަސްރޫޢުއެއް ކުރިޔަށް ގެންދަން ފަސޭހަ ވާނެ ކަން ކަން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އެ މަނިކުފާނު އިތުރަށް ވިދާޅުވީ އެ ރަށަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލައަށް ހައްލެއެއް ގެންނަން ކުރަންޖެހޭ މަސައްކަތް ބަނދަރު ގެ މަސައްކަތާއި އެކު ކުރިޔަށް ދާނެ ކަމަށެވެ.
ޑރ.މުއިއްޒު އިތުަރަށް ވިދާޅުވީ މިއަންނަ އަހަރުގެ ބަޖެޓުގައި ކުރިނބީ އަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ބޭނުންވާ މަސްރޫޢުތައް ހިންގުމަށް ބޭނުންވާ ބަޖެޓު ހިމެނިގެންދާނެ ކަމަށެވެ.
މިއަދުގެ ރަސްމީޔާތުގައި ސޮއި ކުރެވިގެން ދިޔަ 2 މަސްރޫއު އަކީވެސް އެ މަނިކުފާނުގެ ރިޔާސީ ވައުދުތަކުގެ ތެރެއިން ވެވިފައިވާ ވައުދުތަކެއް ކަމަށާއި އެ ވައުދުތަށް ފުރިހަމަކޮށް ދޭނެ ކަމަށް ރައީސް ވަނީ ފާހަގަ ކުރައްވާފައި އެވެ. އެ ގޮތުން ކުރިނބީގެ ސިއްހީ މަރުކަޒު ފެންވަރު ރަނގަޅު ގޮތެއް އެޅިގެން ދާނެ ކަމަށާއި އެ އިމާރަތުން ބޭނުންވާ އެންމެ ފެންވަރުގެ އިންތިޒާމުތައް ހަމަޖެހިފައިވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައި އެވެ.
ރައީސް އިތުރަށް ވިދާޅުވީ އާ އިމާރާތް އެޅުމާއި އެކު 24 ގަޑި ހިދުމަތް ދެވޭނެ ކަމުގެ ޔަގީން ކަން ރައްޔިތުންނައް ދެއްވާކަމަށެވެ. މީގެ އިތުރުން ސްކޫލްގެ މަލްޑީ ޕާޕަސް ހޯލް އެއް ގާއިމް ކުރުމަށް މިއަދު ސޮއި ކުރެވިގެން ގޮސްފައިވާނެ ކަމަށާއި 2 މަސްރޫޢުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ކުރިޔަށް ދާނެ ކަމުގެ ޔަގީންކަން ރައްޔިތުން ދެއްވާ ކަމަށް ރައީސް ވިދާޅުވި އެވެ. މި މަސްރޫޢު ނިމިގެންދާ އިރު ސްކޫލަށް އިތުރު 4 ކްލާސް ރޫމް އިތުރު ކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ފާހަގަ ކުރެއްވި ގޮތުގައި ރައްޔިތުންގެ ތަރައްގީއަށް ބޭނުންވާ ކަންކަމުގެ އަދި ވައުދުތައް ފުއްދުމުގައި ކުރިޔަށް ދަނެކަމަށާއި އެކަންކަން ކުރިޔަށް ދާނެ ކަމަށާއި މި އަހަރު ފަށާ ގިނަ ކަންކަން މިއަންނަ އަހަރު ތެރޭ ނިމިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.