މި ކަމަށް ހާއްސަކޮށް ބޭއްވުން ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން ސަރުކާރު އަދި އެމްޓީސީސީގެ އިސްވެރިން އަދި ކުމުންދޫ ކައުސިލްގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އެމްޓީސީސީން ހާމަ ކުރާ ގޮތުގައި މި މަސްރޫއުގެ ދަށުން 7800 އަކަފޫޓުގެ ސަރަހައްދެއްގައި 2 ފަންގިފިލާގެ އިމާރާތެއް ބިނާ ކުރުމުގެ މަސައްކަތް ކުރެވިގެންދާނެ ކަމަށާއި މީގެ އިތުރުންވެސް އެ އިމާރާތުގެ ބޭނުން އެންމެ ފުރިހަމައަށް ކުރެވޭނެ ގޮތަށް ކަންތައްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރެވިގެންދާނެ ކަމުގަ އެވެ.
މީގެ އިތުރުންވެސް އެ އިމާރުތުގެ ސަލާމަތީ ނިޒާމަށް ވެސް ގިނަ މަސައްކަތް ތަކެއް ކުރެވިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. 360 ދުވަސް ތެރޭ ނިންމުމަށް ހަވާލުކުރެވިފައިވާ މި މަސްރޫޢުއަށް 27.26 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް އެމްޓީސީސީ އިން ބުނެއެވެ.
1515 މީހުންގެ އާބާދީ އެއް އޮންނަ ކުމުންދޫ އަށް މި ސިއްހީ މަރުކަޒުގެ މަސައްކަތް ނިމުން ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ރަށުގައި ތިބެގެން ހޯދުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް އެމްޓީސީސީން ބުނެ އެވެ.