ads
މީޑިއާ ކޮންޓްރޯލް ބިލާ ދެކޮޅަށް މުޒާހާ ކުރި ނޫސްވެރިން ހައްޔަރު ކުރަނީ: ފޮޓޯ މިލްޒީރޯ އެކްސް
މީޑިއާ ބިލާ ދެކޮޅަށް އިހުތިޖާޖުކުރި ނޫސްވެރިންތަކެއް ހައްޔަރުކޮށްފި
މީޑިއާގެ މިނިވަންކަން ހަނިކުރާނެ ކަމަށް ބުނާ ބިލު ރައްޔިތުންގެ މަޖިލިހުން ބަލައިގަތުމާ ގުޅިގެން ރައީސް އޮފީސް ކައިރީގައި މުޒާހަރާ ކުރަމުން ދިޔަ ބައެއް ނޫސްވެރިން ހައްޔަރުކޮށްފި އެވެ.
Advertisement

މި މުޒާހަރާއަކީ ސަރުކާރުން މީޑިއާ ކޮންޓްރޯލް ކުރަން މަސައްކަތް ކުރާ ކަމަށް ބުނެ ނޫސްވެރިން ކުރިއަށް ގެންދިޔަ އިހުތިޖާޖެކެވެ.

މި މުޒާހަރާގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ހަތަރު ނޫސްވެރިއެކެވެ. އެއީ "ދައުރު" ނޫހުގެ ނޫސްވެރިޔާ މުޒައްޔިން ނާޒިމް އާއި "އަދަދު" ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ އަހުމަދު އާއިދާއި ޝަހުޒާން އަދި "ސިޓިޒަން"ގެ ނޫސްވެރިޔާ މޫސާ ރަޝީދެވެ. ނޫސްވެރިން އިހުތިޖާޖު ކުރަމުން ދިޔައީ މަޖިލިސް ޖަލްސާގައި އެ ބިލާ މެދު ބަހުސްކޮށް ވޯޓަށް އަހަމުން ދިޔަ ވަގުތުއެވެ.

ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލް ހަންނާނު ހުށަހެޅުއްވި "މީޑިއާ ކޮންޓްރޯލްކުރާ ބިލް" މަޖިލިހުން ބަލައިގަތީ ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ 49 މެމްބަރުންގެ ވޯޓުންނެވެ. މި ބިލް ބަލައިގަތުމާ ދެކޮޅަށް 12 މެމްބަރަކު ވޯޓު ދެއްވި އެވެ. 

ބިލު ބަލައިގަތުމަށްފަހު އިތުރަށް ދިރާސާ ކުރުމަށް މިހާރު ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ. އެމްޖޭއޭ އާއި އެމްއެމްސީ ފަދަ މީޑިއާގެ އިދާރާތަކުން ވަނީ މި ބިލަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭނެ ބިލެއް ކަމަށް ބުނެ އަނބުރާ ގެންދިއުމަށް ގޮވާލާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް