ads
ކުމުންދޫ ފެނާއި ނަރުދަމާ ރަސްމީކޮށް ހުޅުވުން
ކުމުންދޫގެ ފެނާއި ނަރުދަމާގެ މައްސަލައަށް ދާއިމީ ހައްލެއް
ހދ. ކުމުންދޫގެ ރައްޔިތުން އަހަރުތަކެއް ވަންދެން ކުރިމަތިލަމުން އައި ސާފު ބޯފެނާއި ނަރުދަމާގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބި، އެ ހިދުމަތް ރަސްމީކޮށް ފަށައިފި އެވެ.
Advertisement

މި މުހިންމު ހިދުމަތް ރަށުގެ ރައްޔިތުންނަށް ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.

މި ހިދުމަތް ގާއިމުކުރުމުގެ ކުރިން، 1400 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ކުމުންދޫގެ ރައްޔިތުން ތިބީ ވަރަށް ބޮޑު ތަކުލީފެއްގަ އެވެ. ރައްކާތެރި ފެނުގެ ނިޒާމެއް ނެތުމުގެ ސަބަބުން ގިނަ ބަޔަކު ބޭނުންކުރަމުން އައީ ތަގައްޔަރުވެފައިވާ ފެނެވެ. އަދި ނަރުދަމާގެ ނިޒާމެއް ނެތުމުން، ގޯތިތެރޭގައި ހަދާފައި ހުންނަ ޖަންކްޝަންތައް ފުރި، ނަޖިސް ބޭރުވުމަކީ އާންމުކޮށް ދިމާވަމުން އައި މައްސަލައެކެވެ.

މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫއަށް 102 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. 2021 ވަނަ އަހަރު މަސައްކަތް ފެށި މި މަޝްރޫއުގެ ދަށުން، އެންމެ ޒަމާނީ އާރުއޯ ޕްލާންޓެއް ބަހައްޓައި، ރަށުގެ ހުރިހާ ގޭބިސީއަކަށް ވަނީ ފެނުގެ ހިދުމަތް ގުޅައިދީފަ އެވެ. މި މަޝްރޫއު ނިމުމާ އެކު، ކުމުންދޫގެ ރައްޔިތުންގެ ސިއްހީ އަދި ތިމާވެށީގެ ކަންބޮޑުވުންތަކަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ރައްޔިތުން ގަބޫލުކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް