ads
ދުންޔާ މައުމޫން
މިނިވަން ނޫސްވެރިކަމަކީ ޑިމޮކްރަސީ އަށް މުހިންމު އެއްޗެއް: ދުންޔާ
މިނިވަން ނޫސްވެރިކަމަކީ ޑިމޮކްރަސީ އަށް މުހިންމު އެއްޗެއް ކަމަށް ކުރީގެ ފޮރިން މިނިސްޓަރުކަން ކުރެއްވި ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.
Advertisement

ދުންޔާ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅަން މަސައްކަތް ކުރުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށާއި މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅުމަށް އެއްވެސް ބަޔަކު މަސައްކަތް ކޮށްގެން ނުވާކަމަށެވެ. 

ދުންޔާ އިތުރަށް ފާހަގަ ކުރެއްވިގޮތުގައި ހަގީގަތް ހާމަ ކުރަން ބިރު ގަނެގެންނުވަނެ ކަމަށާއި ހަގީގަތް އޮޅުވަލުމަށް އެއްވެސް ބަޔަކު ބާރު ފޮރުވުމަކީ އެއްގޮތަކަށް ބަލަން ތިބެން ޖެހޭ ވަރު ކަމެއް ނޫން ކަމުގަ އެވެ. 

ދުންޔާ ވިދާޅުވި ގޮތުގައި މީޑިޔާތައް ކޮންޓްރޯލް ކުރުމަށް މިހާރު މަޖިލީހަށް ލާފައިވާ ބިލްގެ ސަބަބުން ހިޔާލު ފާޅުކޮށް ހަގީގަތް ހާމަ ކުރުމަށް ހުރަސް އެޅިގެންދާނެ ކަމަށެވެ. 

މިނިވަން މީޑިއާ ނެތިކޮށްލައި މީޑިއާތައް ކޮންޓްރޯލް ކުރުމަށް ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލާމެދު އެތައް ކަންްބޮޑުވުމެއް ނޫސްވެރިން ފާޅުކުރަމުން ދަނިކޮށް އެ ބިލު ބަލައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ވަނީ ފާސް ކޮށްފައި އެވެ

އިދިކޮޅު މެންބަރުން އިހުތިޖާޖު ކުރަމުން ދަނިކޮށް ނެގި ވޯޓުގައި މި ބިލު ބަލައިގަތީ ސަރުކާރު ހިންގާ ޕީއެންސީގެ މެޖޯރިޓީ އާއެކު އެވެ. ބިލާ އެއްކޮޅަށް 49 މެންބަރުން ވޯޓު ދެއްވިއިރު ބިލު ބަލައިނުގަންނަން 12 މެންބަރުން ވޯޓު ދެއްވި އެވެ.

ނޫސްވެރިން ޑިމާންޑް ކުރަމުން ދިޔައީ ބިލު ބަލައިނުގަނެ ބޭޭރުކޮށްލުމަށެވެ. ބިލު ދިރާސާކުރަން ފޮނުވީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީންނެވެ.

ބިލަށް ބަހުސްކުރެއްވި ސަރުކާރަށް ނިސްބަތްވާ ގިނަ މެންބަރުން ވާހަކަ ދެއްކެވީ ބިލާ އެއް ކޮޅަށެވެ. ބަހުސުން ވެސް ފާހަގަކުރެވުނީ، ގިނަ މެންބަރުންގެ ވިސްނުން ހުންނެވީ ބިލު ތަޅުމަށް ބަލައިގަނެ ކޮމިޓީ މަރުހަލާގައި ނޫސްވެރިންނާ ވާހަކަދައްކައިގެން ބިލަށް ބަދަލުތަކެއް ގެނައުމަށެވެ.

އެމްޑީޕީގެ މެންބަރުން ވިދާޅުވާ ގޮތުގައި ދޮގު ހުއްޓުވުމުގެ ނަމުގައި ސަރުކާރުން މަސައްކަތް ކުރަނީ ކުރާ ވައްކަންތަކުގެ ވާހަކަ ދެއްކިޔަ ނުދިނުމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް