
އެ ކުންފުނިން ހާމަކުރި ގޮތުގައި، ޒޯން 1 ގެ ދުވާރު ހެދުމުގެ މަސައްކަތުގެ 75 ޕަސަންޓު މިހާރު ވަނީ ނިމިފައެވެ.
އެޗްޑީސީން އިތުރަށް މައުލޫމާތު ދިން ގޮތުގައި، ޒޯން 1 ގެ އިތުރުން ޒޯން 2 ގެ ދުވާރު ހެދުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ. އެގޮތުން ޒޯން 2 ގެ މަސައްކަތުގެ 58 ޕަސަންޓު ވަނީ ނިމިފައެވެ. މި ދެ ޒޯންގެ މަސައްކަތް މުޅިން ނިންމާލެވޭނެ ކަމަށް އަންދާޒާކުރަނީ އަންނަ މަހުގެ މެދުތެރޭގައި ކަމަށް އެޗްޑީސީން ބުންޏެވެ. އަދި ޒޯން 3 ގައި މަސައްކަތް ފެށުމަށްޓަކައި އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ.
ދުވާރު ހެދުމުގެ އިތުރުން، އެ ސަރަހައްދުގައި ދިރިއުޅޭނެ ރައްޔިތުންނަށް ފަސޭހަކުރުމުގެ ގޮތުން ފަސް ބަސް ސްޓޮޕް ގާއިމުކުރުމުގެ މަސައްކަތްވެސް އެޗްޑީސީން ދަނީ ކުރަމުންނެވެ. އޭގެ ތެރެއިން ނިރޮޅުމަގުގައި ގާއިމުކުރި ބަސް ސްޓޮޕްގެ މަސައްކަތް މުޅިން ނިމިފައިވާއިރު، ހިތިގަސް މަގުގައި ހަދާ ބަސް ސްޓޮޕް މި މަސް ނިމުމުގެ ކުރިން ނިންމާލެވޭނެއެވެ. އެޗްޑީސީން މަސައްކަތް ކުރަމުން ދަނީ 4،000 ފްލެޓަށް މީހުން ބަދަލުވުމުގެ ކުރިން، ބޭނުންވާ ހުރިހާ އަސާސީ ހިދުމަތްތަކެއް ފޯރުކޮށްދީ، ހުޅުމާލެއަކީ ހިތްފަސޭހަ މާހައުލަކަށް ހެދުމަށެވެ.