
މިއަދު ފާހަގަ ކުރަމުން އަންނަ ވޯލްޑް ޕޭސަންޓް ސޭފްޓީ ޑޭގެ މުނާސަބަތުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ކުޑަކުދިންނަށް އަޅާލުމާއި އޮގާތެރިވުމާއި އެކުދިންނައް އިނގޭ މިންވަރަކުން އެކުދިންނާއި ވާހަކަ ދައްކާ ވާނުވާ ކިޔާ ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެެވެ.
މީގެ އެންމެ މުހިންމު އަސާސަކީ ރައްކާތެރި ވެވޭނެ ފަދަ ނުރައްކާތެރިކަމުން ކުދިން ސަލާމަތް ކުރުން ކަމަށާއި މިއަދު އަޅުގަނޑުމެން އެންމެންގެ އަމާޒަކަށް ވާންވީ ބަލި މީހުންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގައި ހުރިހާ ފަރާތަކުން ވެސް އެ ބޭފުޅެއް ޒިންމާ އަދާކޮށް ބައިވެރިވުން އިތުރުކުރުން ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
އެންމެން ގުޅިގެން ސިއްހީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތް ކުރަން ޖެހިފައިވާ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
2019 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރުކުވެސް 17 ސެޕްޓެމްބަރު ވަނަ ދުވަހު ފާހަގަ ކުރަމުން އަންނަ ދުނިޔޭގެ ބަލި މީހުންގެ ރައްކާތެރި ކަމުގެ ދުވަހުގެ ބޭނުމަކީ ސިއްހީ ހިދުމަތް ދޭ އަދި ލިބިގަންނަ ފަރާތަކަށް ރައްކާތެރިކަން ކަށަވަރު ކޮށް ދިނުމެވެ.