ads
ރާއްޖެއަށް ބޭސް އެތެރެކޮށް، ބޭހުގެ ވިޔަފާރި ކުރުމަށްޓަކައި ސަރުކާރުން އުފެއްދި ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް މިފަހުން ހަމަޖެއްސި ޑރ. ޝާހް މާހިރު
ބޭސް ކުންފުނީގެ ބޯޑަށް އިތުުރު ދެ ބޭފުޅުން އައްޔަން ކުރައްވައިފި
ރާއްޖެއަށް ބޭސް އެތެރެކޮށް، ބޭހުގެ ވިޔަފާރި ކުރުމަށްޓަކައި ސަރުކާރުން އުފެއްދި ކުންފުނީގެ ބޯޑަށް އިތުރު ދެ ބޭފުޅުން އައްޔަން ކުރައްވާފައިވާ ކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ)ން ބުނެފި އެވެ.
Advertisement

ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަނުގެ ނަމުގައި ހާއްސަ ކުންފުންޏެއް އުފެއްދީ މިދިޔަ އަންގާރަ ދުވަހު އެވެ.

ބޭސް ކުންފުނީގެ ބޯޑު މެމްބަރުންގެ ކަމަށް އައްޔަންކުރީ މ. ލަންސިމޫގެ، އަހުމަދު އަޒްޔާން ހަމީދުއާއި ށ. މާއެނގޫދޫ، ކަރަންކާވިލާ އާދަމް ބަދުރުﷲ ދީދީ އެވެ.

ރާއްޖެއަށް ބޭސް އެތެރެކޮށް، ބޭހުގެ ވިޔަފާރި ކުރުމަށްޓަކައި ސަރުކާރުން އުފެއްދި ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ޑރ. ޝާހު މާހިރު މިފަހުން ވަނީ އައްޔަން ކުރައްވާފަ އެވެ.

ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް އުފެއްދި އެ ކުންފުންޏަކީ ބޭހާއި މެޑިކަލް ކޮންޒިއުމަބަލްސް އާއި މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ، ރާއްޖެއަށް އެތެރެ ކުރުމާއި އެތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުމުގެ މަގްސަދުގައި އުފައްދާފައިވާ ކުންފުންޏެއް ކަމަށް ރައީސް އޮފީހުން ބުނެފައި ވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް