ads
އެޗްޑީސީގެ އިސް ބޭފުޅުން އެ ކޯޕަރޭޝަނުން ބެހެއްޓި ފެހި މަންޒަރު ބޯޑު ކުރިމަތީ ފޮޓޮއަކަށް ހުއްޓިގެން - ފޮޓޯ: އެޗްޑީސީ
އެޗްޑީސީން މިހާތަނަށް ލައްކައަކަށް ވުރެ ގިނަ ގަސް އިންދައިފި
ސަރުކާރުގެ "ރަށްފެހި" ޕްރޮގްރާމްގެ ދަށުން ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިހާތަނަށް 105،000 (އެއްލައްކަ ފަސް ހާސް) ގަސް އިންދައިފި އެވެ.
Advertisement

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފަސް މިލިއަން ގަސް އިންދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެޗްޑީސީން ގަސްތައް އިންދަނީ ރައީސްގެ ވައުދުފުޅަށް އެއްބާރުލުން ދިނުމުގެ ގޮތުން އެ ކޯޕަރޭޝަނުން ކުރިއަށް ގެންދާ އެއް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ތެރެއިންނެވެ.

އެޗްޑީސީން މިއަދު ބުނީ މިއަދު އިފްތިތާހުކުރި ފެހި މަންޒަރަކީ، އެޗްޑީސީ އިން މިހާތަނަށް އިންދި ގަސްތަކުގެ އަދަދު ދައްކައިދޭ ބޯޑެއް ކަމަށެވެ. މި ފެހި މަންޒަރުން ހާމަވަނީ، ތިމާވެށި ހިމާޔަތް ކުރުމަށް އެޗްޑީސީން ކުރާ ބުރަ މަސައްކަތެވެ. އަދި މީގެ އިތުރުން ރައީސްގެ 5 މިލިއަން ގަސް އިންދުމުގެ ވައުދު ފުރިހަމަ ކުރުމަށް އެޗްޑީސީއިން ކުރަމުންދާ ހިތްވަރެވެ.

ގަސް އިންދުމުގެ ވައުދުގެ ދަށުން ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ގަސްއިންދުމަކީ އެޗްޑީސީގެ އަމާޒެކެވެ. މީގެ އިތުރުން ތިމާވެށި ހިމާޔަތްކޮށް ދިވެހިރާއްޖެއަކީ ފެހި ހިތްފަސޭހަ ގައުމަކަށް ހެދުމަށް ކުރެވެންހުރި ހުރާ މަސައްކަތެއް އެޗްޑީސީން ކުރަމުންގެންދާނެ އެވެ.

ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގުރާމަކީ ރާއްޖޭގައި މިހާތަނަށް ހިންގާ ގަސް އިންދުމުގެ އެންމެ ބޮޑު ޕްރޮގުރާމެވެ. މިއީ 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގުރާމެއް ނަމަވެސް މިޕްރޮގުރާމުގެ ދަށުން 6.4 މިލިޔަން ގަސް އިންދުމަށް އެކި މުޢައްސަސާތަކާއި އަމިއްލަ ފަރާތްތަކުން ވަނީ ކަނޑައަޅާފަ އެވެ. އަދި މި ޕްރޮގްރާމުގެ ދަށުން މިއަދާހަމައަށް މުޅި ޖުމްލަ 658،294 ގަސް ވަނީ އިންދާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް