މި ބޭފުޅުންނަށް ރުހުން ދިނުމަށް ފާސްކުރީ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގަ އެވެ.
މީރާގެ ބޯޑަށް އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވި 14 ނަމުގެ ތެރެއިން މަޖިލީހުގެ ރުހުން ލިބިފައިވަނީ މުހައްމަދު އިމްތިނާން ސައުދުﷲ، ހުޝާމް ވަހީދު، އިސްމާއިލް ހަމްދޫން އަދި އަހުމަދު އަލީ އަށެވެ. ރައީސް މި ނަންތައް މަޖިލީހަށް ހުށަހެޅުއްވީ މި މަހުގެ ހަތަރުވަނަ ދުވަހުއެވެ.
ގާނޫނުގައިވާ ގޮތުން މީރާގެ ބޯޑު އެކުލެވިގެންވަނީ ހަތް މެންބަރުންގެ މައްޗަށެވެ. އެއީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން އާއި، ފިނޭންސް މިނިސްޓަރު ކަނޑައަޅާ ފަރާތެއްގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ފަސް މެންބަރުންނެވެ.