މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްގެ ދެވަނަ އައިނު ފިހާރަ، “އެމް.ސީ.ޖީ.އެޗް އޮޕްޓިކަލްސް ހުޅުމާލެ” ރަސްމީކޮށް ހުޅުވާދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބުދުﷲ މުއްތަލިބުއެވެ.
އައިނު ހެއްދުމަށް އާސަންދައިން ދޫކުރާ މިންވަރު 2000 ރުފިޔާއަށް މަތިކޮށް، ރަނގަޅު ފެންވަރުގެ އައިނު، ލުއިފަސޭހަކަމާއެކު، ހެޔޮއަގުގައި ލިބޭނެ ގޮތް ހެދުމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން އައިނު ވިޔަފާރި ފައްޓަވާނޭކަމަށް ރައީސް މުއިއްޒު އިޢުލާންކުރެއްވީ މިއަހަރުގެ މޭ މަހުގެ 31 ގައެވެ.
މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވީ އައިޖީއެމްއެޗްގައި ހުޅުވި އައިނު ފިހާރަގޮތަށް ހުޅުމާލޭ އައިިނު ފިހާރައިންވެސް ހުރިހާ ހިދުމަތްތަކެއް ލިބޭނެކަމަށެވެ. އެގޮތުން ދުވާލަކު 34 އައިނާއި، 40 އައިނާ ދެމެދުގެ އަދަދަކަށް އައިނު ދޫކުރުމުގެ ކެޕޭސިޓީ ހުންނާނެ ކަމަށް ހަލީމް ވިދާޅުވިއެވެ.
މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް
ހަލީް ވިދާޅުވީ އައިޖީއެމްއެޗް އައިނު ފިހާރަށް މިދިޔަ މަހުގެ 28 އިން މިމަހުގެ 25 ނިޔަލަށް 1161 އައިނު ވަނީ އެ ފިހާރައިން ހައްދާފައިވާކަމަށެވެ. އަދި 100 އާއި ގާތްކުރާ މިންވަރަކަށް މީހުން ހިދުމަތް ހޯދުމަށް އެ ފިހާރައަށް އަންނަމުންދާކަމަށްވެސް ހަލީމް ވިދާޅުވިއެވެ.