ads
ކުރީގެ އުއްތަމަ ފަނޑިޔާރު ހުސްނުއް ސުއޫދު-- ފޮޓޯ: އަހްމަދު ޝުރާއު/ އަވަސް
ސުޕްރީމް ކޯޓު ކުރީގެ ފަނޑިޔާރު ސުއޫދު ވެސް ގޮވާލެއްވީ މީޑިއާ ބިލް ބޭރުކުރަން
މިހާރު މަޖިލީހުގައި އޮތް "މީޑިއާ ކޮންޓްރޯލް ބިލު" އަބުރާ ގެންދަން ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއް ސުއޫދު ގޮވާލައްވައިފި އެވެ.
Advertisement

އެމަނިކުފާނުގައި އެކްސް ގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ މިހާރު މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާތައް ކޮންޓްރޯލް ކުރުމަށްލާފައި އޮތް ބިލުގެ ސަބަބުން މީޑިޔާތަކުގެ މިނިވަންކަމަށް ބުރޫ އަރާނެ ކަމަށާއިި އެއީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ. 

މީގެ އިތުރުން މި ބިލްގެ ސަބަބުން ރައްޔިތުންނައް ހައްގުވެގެންވާ މައުލޫމާތު ހޯދުމުގެ ހައްގަށް އަރައިގަނެވިގެންދާ ކަމަށް ސުއޫދު ވަނީ ފާހަގަ ކުރަށްވާފައި އެވެ. 

އެ މަނިކުފާނު އިތުރަށް ވިދާޅުވިގޮތުގައި މި ބިލްގެ ސަބަބުން ރާއްޖޭގެ ޑިމޮކްރަސީ އަށްވެސް ވަރަށް ނުރައްކާވެގެން ދާނެ ކަމަށެވެ. 

ސުއޫދު ވަނީ މި ބިލް ވަގުތުން މަޖިލީހުން ބޭރުކޮށްދެވުމަށް މަޖިލީހުގެ މެމްބަރުންގެ ކިބައިން އެދިވަޑައިގެންފައި އެވެ. 

މިނިވަން މީޑިއާ ނެތިކޮށްލައި މީޑިއާތައް ކޮންޓްރޯލް ކުރުމަށް ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލާމެދު އެތައް ކަންްބޮޑުވުމެއް ނޫސްވެރިން ފާޅުކުރަމުން ދަނިކޮށް އެ ބިލު ބަލައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ބަލައިގެންފި އެވެ.

އިދިކޮޅު މެންބަރުން އިހުތިޖާޖު ކުރަމުން ދަނިކޮށް ނެގި ވޯޓުގައި މި ބިލު ބަލައިގަތީ ސަރުކާރު ހިންގާ ޕީއެންސީގެ މެޖޯރިޓީ އާއެކު އެވެ. ބިލާ އެއްކޮޅަށް 49 މެންބަރުން ވޯޓު ދެއްވިއިރު ބިލު ބަލައިނުގަންނަން 12 މެންބަރުން ވޯޓު ދެއްވި އެވެ.

ނޫސްވެރިން ޑިމާންޑް ކުރަމުން ދިޔައީ ބިލު ބަލައިނުގަނެ ބޭޭރުކޮށްލުމަށެވެ. ބިލު ދިރާސާކުރަން ފޮނުވީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީންނެވެ.

ބިލަށް ބަހުސްކުރެއްވި ސަރުކާރަށް ނިސްބަތްވާ ގިނަ މެންބަރުން ވާހަކަ ދެއްކެވީ ބިލާ އެއް ކޮޅަށެވެ. ބަހުސުން ވެސް ފާހަގަކުރެވުނީ، ގިނަ މެންބަރުންގެ ވިސްނުން ހުންނެވީ ބިލު ތަޅުމަށް ބަލައިގަނެ ކޮމިޓީ މަރުހަލާގައި ނޫސްވެރިންނާ ވާހަކަދައްކައިގެން ބިލަށް ބަދަލުތަކެއް ގެނައުމަށެވެ.

އެމްޑީޕީގެ މެންބަރުން ވިދާޅުވާ ގޮތުގައި ދޮގު ހުއްޓުވުމުގެ ނަމުގައި ސަރުކާރުން މަސައްކަތް ކުރަނީ ކުރާ ވައްކަންތަކުގެ ވާހަކަ ދެއްކިޔަ ނުދިނުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް