ads
އެޗްްއެސްބީސީ
އެޗްއެސްބީސީ އިން ވަޒީފާ އިން ކަނޑާލާން އުޅުނު 35،000 މުވައްޒަފުން ކަނޑާނުލަން ނިންމައިފި
އެޗްއެސްބީސީ ބޭންކުން، ވަޒީފާއިން ކަނޑާލާން އުޅުނު އެކުންފުނީގެ 35،000 މުވައްޒަފުން ވަޒީފާއިން ކަނޑާނުލުމަށް އެކުންފުނިން ނިންމައިފި އެވެ.

އެކުންފުނިން ބުނީ މި މުވައްޒަފުން ވަޒީފާއިން ވަކި ނުކުރުމަށް ނިންމީ، މި ބަލިމަނޑު ކަމުގެ ތެރޭގައި ވަޒީފާ ނުލިބި ނުވަތަ އެހެންތަނެއްގައި މުވައްޒަފުން ވަޒީފާ އަދާކުރަން ބޭނުން ނުވާތީ ކަމަށެވެ. 

އެޗްއެސްބީސީ އިން މި ނިންމުން ނިންމާފައި މިވަނީ ކޮވިޑް-19 ބަލިމަޑު ކަމުގެ ސަބަބުން އެކުންފުނީގެ އާމްދަނީ 50 އިންސައްތަ ދަށަށް ގޮސްފައި ވަނިކޮށެވެ. 

މިއަހަރުގެ ފުރަތަމަ ތިން މަހު އެކުންފުންޏަށް އާމްދަނީގެ ގޮތުގައި 3.2 ބިލިއަން އެމެރިކާ ޑޮލަރު ލިބުނު އިރު، މިދިޔަ އަހަރުގެ މިދުވަސްވަރު އެ ބޭންކަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 6.2 ބިލިއަން ޑޮލަރެވެ. 

ބޭންކުން ވަނީ އެ ބޭންކުން ދޫކޮށްފައިވާ ގިނަ ލޯނުތަކަށް ފައިސާ ދެއްކުން ކަސްޓަމަރުންނަށް މިދުވަސްވަރު ދަތިވާނެ ކަމަށާއި ލޯނުތަކުން ލިބޭ ފައިސާ މަދުވާނެ ކަމަށް ވެސް ބުނެފަ އެވެ. 

އެޗްއެސްބީސީ އިން މުވައްޒަފުން ވަޒީފާއަށް ވަކިކުރަން ނިންމީ ނިމިދިޔަ ފެބްރުއަރީ މަހު އެވެ. އެއީ އެކުންފުނީގެ ހަރަދުތައް ކުޑަ ކުރުމަށް ކަމަށް އެ ކުންފުނިން ބުނެއެވެ. އެ ކުންފުނިން ވަނީ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި 235،000 މުވައްޒަފުންނުން 200،000 މުވައްޒަފުންނަށް މުވައްޒަފުންގެ އަދަދު މަދުކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށް ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް