
މި ފިލްމުގެ ޕޯސްޓަރު ޑިޒައިންކޮށްގެން އެންމެ ރީތި ޑިޒައިންއަކަށް 10،000 ރުފިޔާ ލިބޭނެކަމަށް ސީޒަންގެ އެސް ޕްރޮޑަކްޝަނުން ބުނެއެވެ.
ޕޯސްޓާރު ޑިޒައިން ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އަންނަ އޮކްޓޫބަރުމަހުގެ 15ގެ ނިޔަލަށް ވަނީ ހުޅުވާފައެވެ. އަދި މިކަމަށްް ޝައުގުވެރިވާ ފަރާތްތަކުން "ޕަރީ" ގެ ފޭސްބުކާއި އިންސްޓަގްރާމް ޕޭޖް ޓެގްކޮށް މެސެޖެއްކުރުމަށް
ހަމަޖެހިފައިވާ ފިލްމުގެ ޕޯސްޓަރު ޑިޒައިން ކުރަން ހުޅުވައިލި ޗެލެންޖަށް ޕޯސްޓަރު ތައްޔާރު ކުރަން ޝައުގުވެރިވާ މީހުން އަންނަ އޮކްޓޯބަރު މަހުގެ 15 ގެ ކުރިން ފޯސްޓަރު "ޕަރީ" ގެ ފޭސްބުކާއި އިންސްޓަގްރާމް ޕޭޖް ޓެގްކޮށް ޕޯސްޓް ކުރަންޖެހެއެވެ.
ހުށައަޅާ ޑިޒައިންތަކުން އެންމެ ރީތި ފަސް ޕޯސްޓަރެއް އާއްމުކޮށް ވޯޓަށް ހުޅުވާލާނެކަމަށާއި އެއްވަނަ އަށް ދާ ފަރާތެއްގެ ނަން އަންނަަ ޑިސެމްބަރުމަހުގެ އެއްވަނަ ދުވަހު އިއުލާންކުރާނެކަމަށް ސީޒަންގެ އެސް ޕްރޮޑަކްޝަނުން ބުނެއެވެ.
އެންމެ ފާހަގަކޮށްލެވޭ ޕޯސްޓަރެއް ހޮވާނީ ލިބޭ ލައިކްސްތަކެއް ބަލައިގެންނެވެ. އެގޮތުން އެ ފުރުސަތު ނޮވެމްބަރު މަހުގެ 15 އާ ހަމައަށް ހުޅުވާލާފައި އޮންނާނެ ސީޒަންގެ އެސް ޕްރޮޑަކްޝަނުން ބުނެއެވެ.
ފިލްމުގެ މެއިން ލީޑް ލަމްޝާ
އަލީ ސީޒަން އުފައްދާ މި ފިލްމަކީ ލަންކާގައި ދިރިއުޅޭ އާއިލާއަކަށް ކުރިމަތިވާ ބިރުވެރި ހާދިސާތަކެއް ދައްކުވައިދޭ ފިލްމެކެވެ. ފިލްމުގެ ކާސްޓުންގެ ތެރޭގައި ސީޒަން، ރިޝްމީ، ޖުމައްޔިލް ނިމާލާއި، ޝީލާ ނަޖީބު ހިމެނެއެވެ. އަދި ފިލްމުގެ މެއިން ކާސްޓަކީ ލަމްޝާ ކިޔާ ކުޑަ އަންހެން ކުއްޖެކެވެ.