ads
އެގްރޯނެޓް ބޯޓުތައް އެމްޓީސީސީގެ ދަށުން ހިންގަން އެދެފި
ދަނޑުވެރިންގެ އުފެއްދުންތައް އުފުލުމަށްޓަކައި އެގްރޯނެޓުގެ ބޯޓުތައް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ދަށުން ހިންގުމަށް އެ ކުންފުނިން ޝައުގުވެރިކަން ފާޅުކޮށްފިއެވެ.
Advertisement

ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާ ބެހޭ މިނިސްޓްރީން ބުނީ އެ މިނިސްޓްރީން އެމްޓީސީސީއާ ބައްދަލުކޮށްފައިވާކަމަށެވެ.

މި ބައްދަލުވުމުގައި އެމްޓީސީސީއިން ދަނޑުވެރިންގެ އުފެއްދުންތައް އުފުލުމަށްޓަކައި އެގްރޯނެޓް ބޯޓުތައް އެ ކުންފުނީގެ އުޅަނދުތަކުގެ ތެރޭގައި ހިމަނައިގެން ހިންގުމަށް ޝައުގުވެރިކަން ފާޅުކުރިކަމަށް މިނިސްޓްރީން ބުނެއެވެ.

ރައީސް އޮފީހުގެ އިސްފަރާތްތަކުގެ ނިންމުމެއް ބޭނުންވާކަމަށާއި މިނިސްޓްރީގެ އިރުޝާދާއެކު، މި ނިންމުން ނިމުމުން މިކަން ކުރިއަށް ގެންދިއުމަށް ތައްޔާރަށް، ތިބިކަމަށް މި ބައްދަލުވުމުގައި އެމްޓީސީސީން ބުނިކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެމްޓީސީސީއިން މިހާރުވެސް ފެރީ ހިދުމަތްތަކުގެ ތެރެއިން ތާވަލުތަކެއް ހަދާފައިވާކަމަށާއި، އެ ތަފްސީލުތައް މިނިސްޓްރީއާ ހިއްސާކުރާނެކަމަށް އެމްޓީސީސީން ބުނިކަމަށްވެސް މިނިސްޓްރީން ބުނެއެވެ. އަދި އެ ތާވަލުތައް މުރާޖައާކޮށް، ލޮޖިސްޓިކްސްގެ ޕްލޭނެއް އެކުލަވާލުމަށްފަހު އެ މައުލޫމާތު ދަނޑުވެރިންނަށް އަންގައިދިނުމާއި ގުޅޭގޮތުން މަޝްވަރާކުރިކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް