ads
ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހް: އޭނާ ވިދާޅުވީ، ނޫސްވެރިން އުލު ބައިދަންވީ ކަމަށް - ފޮޓޯ: މަޖިލީސް
ފަލާހު އަށް ފިޔަވަޅު އަޅަން އެމްޖޭއޭއިން ގޮވާލައިފި
ބައެއް މީޑިއާތަކުން މަސައްކަތް ކުރާ ގޮތުން އެ މީޑިއާގެ މުވައްޒަފުން އުލުބައިންދަން ޖެހޭ ކަމަށް ވެރިކަން ހިންގާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވުމުން ޕީއެންސީން އޭނާއާ މެދު ފިޔަވަޅު އެޅުމަށް ދިވެހި ނޫސްވެރިންގެ ޖަމިއްޔާ (އެމްޖޭއޭ) އިން ގޮވާލައިފި އެވެ.
Advertisement

މިނިވަން މީޑިއާ ނެތިކޮށްލަން ހުށަހަޅާފައިވާ ބިލަށް ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ އޭނާއާ ގުޅޭ ގޮތުން ބައެއް މީޑިއާތަކުން ދޮގު ހަބަރުތަކެއް މީގެ ކުރިން ފަތުރާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެގޮތަށް މަސައްކަތް ކުރާ މީޑިއާގެ މުވައްޒަފުން އުލުބައިންދަންޖެހޭ ކަމަށެވެ.

"... މި ލެވެލުގައި މަސައްކަތް ކުރީމަ މީޑިއާ ގެންގޮސް ޖަލަކަށް ނޫން [ލާންވީ]، އުލުބައިންދަންވަނީ. އުލުބައިންދަންވީ،" ފަލާހު ވިދާޅުވި އެވެ.

ނޫސްވެރިން އުލުބައިންދަން ޖެހޭ ކަމަށް ފަލާހު ވިދާޅުވީ އޭނާއަކީ އެއްޖިންސުން ގުޅުން ހިންގާ މީހެއް ކަމަށް ބުނެ މީޑިއާތަކުން ދޮގު ހެދި ކަމަށް ބުނެ އެވެ. ފަލާހު އެހެން ވިދާޅުވި ނަމަވެސް އެއްވެސް މީޑިއާއަކުން އެފަދަ ހަބަރެއް ނުލިޔެ އެވެ. އެ ވާހަކަ ބޮޑަށް ދައުރުވީ ސޯޝަލް މީޑިއާގަ އެވެ.

ފަލާހުގެ މި ވާހަކަތަކާ ގުޅިގެން އެމްޖޭއޭއިން މިރޭ ބުނީ އޭނާ ދެއްކި ވާހަކަތަކަކީ ނޫސްވެރިންނާއި މީޑިއާތަކަށް ބިރު ދައްކައި އިންޒާރުދީ އެމީހުންގެ މައްޗަށް އަނިޔާވެރިވުމަށް ހިތްވަރު ދީ ދެއްކި ވާހަކަތަކެއް ކަމަށް ދެކޭ ކަމަށާއި އެ ވާހަކަތައް ކުށްވެރިކުރާ ކަމަށެވެ.

މަޖިލީހުގެ ތަޅުމުގައި ފާޅުކަން ބޮޑުގޮތެއްގައި ބައެއްގެ މައްޗަށް އަނިޔާވެރިވުމަށް ފަލާހު ގޮވާލާފައިވާތީ، ޕީއެންސީން އޭނާއާ މެދު އަހުލާގީ ފިޔަވަޅު އެޅުމަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފަ އެވެ. އަދި އާންމުކޮށް އެނގޭނެހެން އެ ވާހަކަތަކާ މެދު އޭނާ މައާފަށް އެދުމަށް ވެސް ވަނީ ގޮވާލާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް