ads
ކުމުންދޫ ޕޮލިސް ޕޯސްޓް ހުޅުވުމުގެ ތެރެއިން
ކުމުންދޫގައި ގާއިމްކުރި ޕޮލިސް ޕޯސްޓް ހުޅުވައި ހިދުމަތް ދޭންފަށައިފި
ހދ.ކުމުންދޫގައި ގާއިމްކުރި ޕޮލިސް ޕޯސްޓް ހުޅުވައި ހިދުމަތް ދޭން ފަށައިފި އެވެ.
Advertisement

ކުމުންދޫގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ޕޯސްޓް ހުޅުއްވައި ދެއްވީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން އާއި ކުމުންދޫ ކައުންސިލްގެ ރައީސް މުހައްމަދު އަމީން އެވެ. ޕޮލިސް ޕޯސްޓް ހުޅުއްވައި ދެއްވުމަށްފަހު ޕޮލިސް ޕޯސްޓްގައި  ގައުމީ ދިދަ ނަންގަވައިދެއްވީ ކައުންސިލްގެ ރައީސް އެވެ. އަދި ފުލުހުންގެ ދިދަ ނަންގަވައި ދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އެވެ.

ޕޮލިސް ޕޯސްޓް ހުޅުއްވައި ދެއްވުމަށްފަހު ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ޕޮލިސް ޕޯސްޓް ބައްލަވާލައްވާފައެވެ. ޕޮލިސް ޕޯސްޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ފުލުހުންގެ އެގްޒެކެޓިވް  ބައެއް އޮފިސަރުންނާއި އަޕަރ ނޯތު ޕޮލިސްގެ ކޮމާންޑަރު  ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހިމް ޒުހުރީ އާއި ކުޅުއްފުށި ސިޓީ ކޮމާންޑަރު ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަހުމާ ސަޢީދު އާއި ކުމުންދޫ ކައުންސިލް މެމްބަރުންނާއި އެރަށުގައި ހުރި މުއައްސަސާތަކުގެ ވެރިން ބައިވެރިވެލެއްވިއެވެ.

your imageކުމުންދޫ ޕޮލިސް ޕޯސްޓް ހުޅުވުމުގެ ތެރެއިން 

ކުމުންދޫގައި ޕޮލިސް ޕޯސްޓް ހުޅުވައި ފުލުހުންގެ ހިދުމަތް ރަސްމީކޮށް ދޭންފަށާފައިވާއިރު އެރަށުގައި ފުލުހުންގެ އައު މަރުކަޒު އިމާރާތްކުރުމުގެ އަމަލީ މަސައްކަތްވެސް އިއްޔެ ވަނީ ފަށާ ފައެވެ. އިއްޔެ އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި އިމާރާތުގެ އަމަލީ މަސައްކަތް ފައްޓަވާދެއްވާފައިވަނީ މިނިސްޓަރ އޮފް ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާން އާއި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީންއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް